މާވަށުގައި މީހަކު މަރާލުން: ހަމަލާދިން މީހާ ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ލ. މާވަށުގައި މީހަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ވަޅިއަކުން ކަރަށް ހަމަލާދީ މާވަށުގައި މަރާލާފައިވަނީ ނަލަހިޔާ، ލ. މާވަށް މޫސާ އިބްރާހީމް، 29 އަހަރު އެވެ.

ފުލުހުން ބުނެފައިވަނީ، މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ދެމީހުންގެ މެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ، އަސަރީ މަންޒިލް / ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް، 29 އަހަރު އެވެ.

ހަމަަލާދީ މަރާލި މާވަށު މޫސާ އިބްރާހިމް

މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވަނީ މިއަދު ހެނދުނު އެވެ. އަނިޔާވެފައިވާ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ލ. މާވަށް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ