މަނަދޫ ނަރުދަމާ ހައްލުކުރުމަށް ބިޔަަ މަޝްރޫއެއް އަންނަ އޮގަސްޓުގައި ފަށާނަން: ރައީސް

Advertisement

އެންމެ ފަސް

Advertisement

ނ. މަނަދޫގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް ބިޔަ މަޝްރޫއެއް އަންނަ އޯގަސްޓު މަހު ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.

މިކަން އެމަނިކުފާނު އިއުލާން ކުރެއްވީ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.

ދިގު މުއްދަތެއް ވަންދެން ހައްލެއް ނުލިބި އޮތް މަނަދޫގެ ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ މުޅި ނިޒާމު އަލުން ގާއިމުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. މި ބިޔަ މަޝްރޫއު ކުރިއަށް ގެންދަވާނީ މަގު ހެދުމުގެ މަޝްރޫއާ އެކުގައި ކަމަށާއި، 2027 ވަނަ އަހަރަށް މި ދެ މަސައްކަތް ނިންމާލެވޭނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ މަނަދޫގެ ސިއްހީ ނިޒާމު ތަރައްގީ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން އެރަށުގައި އިމާރާތްކުރަމުންދާ ހޮސްޕިޓަލުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، ބޭނުންވާ ހާއްސަ ޕްރޮފެޝަނަލުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން މަނަދޫއަށް ގެންނަން ރޭވިފައިވާ ތަރައްގީގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ލަސްވެފައިވާ މައްސަލަ ހައްލުވެފައިވާ ކަމަށެވެ. އަދި ވަކި މަޝްރޫއެއްގެ ގޮތުގައި ވޮލީ ކޯޓެއް އިމާރާތްކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން މަނަދޫއަށް ގެނެވޭ ކުރިއެރުމެއްގެ ގޮތުގައި، މަނަދޫ އާއި އުނގޫފާރާ ދެމެދު ސީދާ ދަތުރުކުރެވޭނެ ގޮތަށް އާރް.ޓީ.އެލް ފެރީގެ ހިދުމަތް މިއަހަރުގެ ނޮވެންބަރު މަހު ފެށޭނެ ކަމަށް ރައީސް އިއުލާން ކުރެއްވިއެވެ. އަދި މި ބައްދަލުވުމުގައި ވަނީ ދިވެހި ޕާސްޕޯޓުގެ ހިދުމަތް މަނަދޫގައި އިފްތިތާހުކުރައްވާފައެވެ.

ނ. މަނަދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ