މޯދީގެ ދަތުރުފުޅާ ދިމާކޮށް އިންޑިއާ ސަފީރު ނައިބު ރައީސްއާ ބައްދަލު ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް، އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިއަން މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާއި، އެއް ޤައުމުން އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުމުގެ މައްޗަށް މަޝްވަރާކުރެވުނެވެ. އަދި ދެ ޤައުމުން ހިއްސާކުރާ މަސްލަހަތުތަކާއި ގިޔަމުތަކުގެ މައްޗަށް ބިނާވެފައިވާ ބަދަހި ގުޅުމަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލެވުނެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ފަރުދީ ފެންވަރުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި މިފަދަ ގުޅުންތަކަކީ ދެ ޤައުމުގެ ގުޅުމުގެ މުހިންމު ބިންގަލެއްކަމުގައި ފާހަގަކުރައްވާފައިވެ އެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ދެފަރާތަށް ޤަބޫލުކުރެވޭ ހަމަތަކުގެ މަތީގައި މާނަވީ ގޮތެއްގައި މުޢާމަލާތްތަކެއް ކުރިއަށްގެންދިއުމަކީ ދިވެހި ސަރުކާރުގެ އިލްތިޒާމެއްކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅު މި މަހުގެ 25 އިން 26 އަށް ހަމަޖެހިފައިވާއިރު، އެ ދަތުރުފުޅުގެ ތެރެއިން ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ހަމަޖެހިފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް އިންޑިއާ ސަފީރު ޖީ ބަލަސުބްރަމާނިއަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ