މިފްކޯގެ މަހުގެ އުފެއްދުންތައް ގަތުމަށް އިނގިރޭސި ވިލާތުގެ ޕްރިންސަސް ގުރޫޕާއެކު އެއްބަސްވުމަކަށް

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ ފިނިކުރި ކަނޑުމަހާއި ދަޅުމަސް ގަތުމަށް އިނގިރޭސި ވިލާތުގެ ޕްރިންސަސް ގުރޫޕާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.

މިފްކޯއިން މައުލޫމާތު ދެއްވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ ދެމެދުގައި ދިގު މުއްދަތަކަށް ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެފަ އެވެ. މީގެ ތެރޭގައި އެއްބަސްވެވޭ މިންގަނޑުތަކެއްގެ ދަށުން ފިނިކުރި ކަނޑުމަހާއި ދަޅުމަސް ޕްރިންސަސް ގުރޫޕުން ގަތުން ހިމެނެ އެވެ.

މި އެއްބަސްވުމުގެ ދަށުން މަސް ގަތުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށާއި ދެ ފަރާތުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށްވެސް ވަނީ އެއްބަސްވެފަ އެވެ.

އެމްއޯޔޫގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފަރުހަތު ޝަހީރެވެ. އަދި ޕްރިންސަސް ގުރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ގުރޫޕުގެ ޗީފް ޕާޗޭސިން އޮފިސަރު ނީލް ބޮހަނަން އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ވިލާތަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒު މިއަދު ވަނީ އިނގިރޭސި ރަސްގެފާނު ޗާލްސްއާވެސް ބައްދަލުކުރައްވާފަ އެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ހައުސް އޮފް ކޮމޮންސްގެ ސްޕީކާއާވެސް ރައީސް ވަނީ ބައްދަލު ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ވިލާތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ