ރައީސް މުއިއްޒު އިނގިރޭސި ރަސްގެފާނާ ބައްދަލުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒ،ު ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 އާ ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ވިންޑްސަރ ކާސަލްގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ރަސްގެފާނު ޗާލްސް އަދި ރައީސް މުއިއްޒު މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރެން ކައިރިވެފައިވަނިކޮށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންފައިވަނީ މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ. އަދި މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ތައުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރެވޭނެ ކަމަށްވެސް މައުލޫމާތުދީފައިވެ އެވެ.

މީގެ އިތުރުން ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައިވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިނގެރޭސިވިލާތް އިނގިރޭސި ވިލާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ