ނައިބު ރައީސް ނަޑެއްލާ ކައުންސިލާ ބައްދަލުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައުންސިލްގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށާއި ވަކިން ހާއްސަކޮށް ޒުވާނުން އެންމެ ބޭނުންވާ ކަންކަމާއި، އެކަންކަން ޙާޞިލުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފަ އެވެ.

އެގޮތުން، ރަށުގެ ބަނދަރުގެ މަޝްރޫއު ކުރިއަށްގެންދާއިރު އެ މަޝްރޫއާއެކު ބިން ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ. އަދި ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށާއި، ސްކޫލްގައި ހަދަމުންދާ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ.

މީގެއިތުރުން، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކުރުމަށް ހުވަދު އަތޮޅުގައި ފަތުރުވެރިކަމަށް އިތުރު ރަށްތައް ތަރައްގީ ކުރުމަށް ބޭނުންވާކަންވެސް ކައުންސިލު މެންބަރުން ވަނީ ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯދުމަށް މަސައްކަތްޕުޅުކުރައްވާނެ ކަމަށެވެ.

ހާއްސަކޮށް ނަޑެއްލާ ބަނދަރުގެ މަޝްރޫއަކީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވަން ބޭނުންފުޅުވާ މަސައްކަތެއް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ހަމައެއާއެކު، މިއަދުގެ ބައްދަލުކުރެއްވުމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތަކާއި، ކުޅިވަރުގެ ދާއިރާއިން ހުރި ފަހި ފުރުސަތުތަކަށް އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ