ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ މެންބަރުން ގިނައީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު އާންމު ކޮށްފައިވާއިރު، ޕީއެންސީގައި 68،000 އަށްވުރެ ގިނަ މެންބަރުން ތިއްބެވެ. އަދި ދެވަނައަށް އެންމެ މެންބަރުން ގިނަ އިދިކޮޅު އެމްޑީޕީގައި ތިބީ 43،000 މެންބަރުންނެވެ.
ސިޔާސީ ޕާޓީތަކުގައިތިބި މެންބަރުންގެ އަދަދު:
- ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕިއެންސީ) – 68,665 މެންބަރުން
- ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) – 43,765 މެންބަރުން
- ޖުމްހޫރީ ޕާޓީ – 13,456 މެންބަރުން
- މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) – 9,011 މެންބަރުން
- ޢަދާލަތު ޕާޓީ – 8,844 މެންބަރުން
- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) – 5,836 މެންބަރުން
- ދަ ޑިމޮކްރެޓްސް – 3,547 މެންބަރުން
- ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) – 3,046 މެންބަރުން
- މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް – 2,272 މެންބަރުން
އިލްކްޝަން ކޮމިޝަނުން ބުނީ، އެ ކޮމިޝަނުން ބަލަހައްޓަމުންގެންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދިހުށަހަޅާނީ އީ–ފާސް މެދުވެރިކޮށް އެ ކޮމިޝަނުގެ ޕޯޓަލް ”my.elections.gov.mv“ އަށް ކަމަށެވެ.
އަލަށް ގެނެވުނު ބަދަލުތަކާއެކު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރާގުޅޭގޮތުން ހުށަހަޅަމުންދާ މައްސަލަތައް މިހާރު ހުއްޓިފައިވާ ކަަމަށާއި، އެ ކޮމިޝަނުގެ މައި ޕޯޓަލްގެ ގިނަ ޚިދުމަތްތައް މިހާރު އާންމު ރައްޔިތުން ބޭނުން ކުރަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
އެގޮތުން ޕާޓީއަށް ވަނުމާއި ވަކިވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ނޫޅޭކަމުގެ ލިޔުންވެސް މިހާރު އާންމު ރައްޔިތުންނަށްދޫކުރަނީ މައި ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް ބުނެފައިވެ އެވެ.
ކޮންގްރެސް ޕާޓީ އިލެކްޝަންސް ކޮމިޝަން (އީސީ) ޕީއެންސީ ހައުސް
