ރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސިންގަޕޫރުގެ ރައީސް، ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅު ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހަށް ކަމަށެވެ. މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ގައުމުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެ ގައުމަށް މަންފާކުރާނެ ތަރައްގީގެ ގުޅުންތަކާއި އެކުވެރިކަން ބަދަހިކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާނެ އެވެ.

ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މި ދަތުރުފުޅުގައި ޤާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީ، ތިމާވެށި އަދި ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނާ ގުޅޭ އެމްއޯޔޫތަކުގައި ސޮއިކުރެވޭނެއެވެ. އަދި އިންވެސްޓް މޯލްޑިވްސްއިން އިންތިޒާމުކުރާ ހައި-ލެވެލް އިންވެސްޓްމަންޓް ފޯރަމެއްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ދަތުރުފުޅުގެ ތެރޭގައި ރައީސް މުޢިއްޒު، ޓުއާސް ޕޯޓް، އައިޓީއީ ސެންޓްރަލް، އަދި ޔޫއާރްއޭ ގެލެރީއަށް ޒިޔާރަތްކުރައްވާނެއެވެ. މިއީ ބަނދަރު ހިންގުމާއި، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނު، އަދި ސިޓީތައް ރޭވުމާއި ގެދޮރު އިމާރާތްކުރުމުގެ ދާއިރާއިން ސިންގަޕޫރުގެ ތަޖުރިބާ ދެނެގަތުމަށް ކުރައްވާ ޒިޔާރަތްތަކެކެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގަންނަވާއިރު، 9 ކެބިނެޓް މިނިސްޓަރުންނާއި އެހެނިހެން ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެ ވަޒީރުންނަކީ:

– ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަަލީލް
– ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫން
– ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
– ހޯމް މިނިސްޓަރ އަލީ އިހުސާން
– އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު
– ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
– ޓޫރިޒަމް މިނިސްޓަރ ތާރިޤް އިބްރާހިމް
– ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދު
– ކޮންސްޓަރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތޮލިބް

ސިންގަޕޫރާ ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ސިންގަޕޫރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ