ޕީއެސްޖީއަށް ގުރޫޕުގެ އެއްވަނަ، އެތުލެޓިކޯއަށް މުބާރާތް ނިމިއްޖެ

Advertisement

އެންމެ ފަސް

Advertisement

ފީފާ ކްލަބް ވޯލްޑް ކަޕުގައި ރޭ ޕީއެސްޖީން 2-0 ގެ ނަތީޖާއަކުން ސިއޭޓަލް ސައުންޑާސް ބަލިކޮށް ގުރޫޕުގެ އެއްވަނަ ހޯދިއިރު، އެ ގުރޫޕުގައި ހިމެނޭ އެތުލެޓިކޯ މެޑްރިޑަށް މުބާރާތް ނިމިއްޖެ އެވެ.

ޕީއެސްޖީން ރޭގެ މެޗު ކާމިޔާބުކުރިއިރު، އެތުލެޓިކޯ އިން ވަނީ 1-0 ގެ ނަތީޖާއަކުން ބޮޓަފޯގޯގެ މައްޗަށް ކުރިހޯދާފަ އެވެ. މިއާއެކު، ތިން ޓީމަށްވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ފައިދާ ގޯލުން ޕީއެސްޖީއަށް އެއްވަނަ ލިބުނުއިރު، ދެވަނަ ލިބުނީ ބޮޓަފޯގޯ އަށެވެ.

ޕީއެސްޖީ އާއި ސިއޭޓަލް ބައްދަލުކުރި މެޗުގެ 35 ވަނަ މިނެޓުގައި ކްވިޗާ ކްވަރަޝްކޭލިއާ ވަނީ ލަނޑެއް ޖަހައި ޕީއެސްޖީއަށް ކުރިހޯދަދީފަ އެވެ. އަދި ދެވަނަ ހާފުގައި ޕީއެސްޖީން ކުރި ކައުންޓަރއެޓޭކެއްގައި އަޝްރަފް ހަކީމީ ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.

އެތުލެޓިކޯ އާއި ބޮޓަފޯގޯ ބައްދަލުކުރި މެޗުގެ ހަމައެކަނި ލަނޑު އެތުލެޓިކޯއަށް ޖަހައިދިނީ އެންޓޮއިން ގްރީޒްމަން އެވެ. ނަމަވެސް، މުބާރާތުގައި ކުރިޔަށް ދިއުމަށް އެ ޓީމަށް އިތުރު އެއް ލަނޑު ބޭނުންވެ އެވެ.

މުބާރާތުގެ ގަދަ 16 ބުރުގައި ޕީއެސްޖީ ނިކުންނާނީ ގުރޫޕު ”އޭ“ ގެ ދެވަނަ، އިންޓަ މިއާމީ އާ ދެކޮޅަށެވެ. އަދި ބޮޓަފޯގޯ ބައްދަލުކުރާނީ އެ ގުރޫޕުގެ އެއްވަނަ، ޕަލްމެއިރާސް އާއެވެ.

އެތުލެޓިކޯ މެޑްރިޑް ފީފާ ކްލަބް ވޯލްޑް ކަޕް ޕީއެސްޖީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ