ވަޒީފާ ނެތް ޕައިލެޓުން ގިނަވުމުން ޕައިލެޓްކަން ކިޔަވަން ސްކޮލަޝިޕް ދޭނެކަމަށް ގަބޫލެއް ނުކުރެވޭ: މިނިސްޓަރު އަމީން

Advertisement

އެންމެ ފަސް

Advertisement

ޕައިލެޓްކަން ކިޔަވަން ސަރުކާރުން އިތުރު ސްކޮލަރޝިޕް ދޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މިވަގުތު ޕައިލެޓްކަން ކިޔަވައިގެން ތިބި އެތައް ކުދިންނެއް ވަޒީފާ ނުލިބި ތިބި ކަމަށެވެ. އަދި މިއީ ”ޖީލަކަށް ދިމާވެފައި އޮތް ބޮޑު މައްސަލައެއް“ ގެ ގޮތުގައި މިނިސްޓަރު ވަނީ މިކަން ސިފަ ކުރައްވާފަ އެވެ.

މި މައްސަލަ ހައްލުކުރުމަށް، ދިވެހި ރައްޔިތަކަށް މެނުވީ ކެޑޭޓު ޕައިލެޓުކަން ނުދޭން އެއާލައިންތަކަށް މަޖުބޫރުކުރުވާފައިވާ ކަމަށް މިނިސްޓަރު އަމީންގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

މިދިޔަ ސަރުކާރުގައި 500 އަށްވުރެ ގިނަ ދަރިވަރުންނަށް ޕައިލެޓް ޓްރެއިނިންގ ސްކޮލަރޝިޕް ދީފައިވާއިރު، އަހަރަކު އެވްރެޖްކޮށް ވަޒީފާ ލިބެނީ 24-25 ކުދިންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވަޒީފާ އުފެދޭ ވަރަކަށް ނޫނީ ވަޒީފާ ދެވެން އޮތް ވަރަކަށް އެއާލައިންތަކަށް ދެވޭނީ ދެއްތޯ. މިހާރު ވިސްނާ ވަޑައިގަންނަވާ އަޅުގަނޑު މި ދެންނެވި 500 އަށްވުރެ ގިނަ ކުދިންނަށް ސްކޮލަޝިޕް ދީގެން އެ ކުދިން ނިމިގެން އަންނައިރު އަހަރެއްގެ ތެރޭގަ 24 އަކަށް ކުދިންނަށް ނޫނީ 25 އަކަށް ކުދިންނަށް ވަޒީފާ ދެވޭ ކަމަށް ވަނީނަމަ ދެން މި އަންނަ ނުވަތަ އައިސްފަ ތިބި ކުދިންނަށް ވާނެ ގޮތް.

މިހާރު ޕައިލެޓްކަން ކިޔެވުމަށް ސްކޮލަރޝިޕް ލިބިފައިވާ ދަރިވަރުން އެހެން ދާއިރާއަކަށް ބަދަލުކުރަން ބޭނުންނުވާނަމަ، އެއީ އެ ދަރިވަރުންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއްގެ ގޮތުގައި ދޫކޮށްލާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ