ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ޖަލުތަކުގައި ގައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ހާއްސަކޮށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި އެވެ.

ކަރެކްޝަންސްއިން ބުނީ، އެ ސާވިސްގެ ތިން ޖަލާއި ހެޑް އޮފީހުގެ އޮފިސަރުން ހިމެނޭ ގޮތަށް “އެންހޭންސިންގ ދަ ރޯލް އޮފް ޕްރިޒަން އޮފިސާސް އިން އޮފެންޑާ ރިހެބިލިޓޭޝަން” ގެ ނަމުގައި ހިންގި އެ ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 16 މީހަކު ބައިވެރިވި ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަކަށް ހިންގި މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ގައިދީން އިސްލާހުކުރުމަށް ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެއް ހަރުދަނާކޮށް، އެ ޓްރޭނިން ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ރިހެބިލިޓޭޝަންގެ ޒަމާނީ އުކުޅުތައް ދަސްކޮށްދީ، އެ އޮފިސަރުންގެ ގާބިލިއްޔަތު ކުރިއެރުވުން ކަމަށް ކަރެކްޝަންސްއިންބުނެފައިވެ އެވެ.

މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައި ވަނީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ