ކަރެކްޝަންގެ އަމިއްލަ އިމާރާތެއްގައި އިދާރީ މަސައްކަތްތައް ކުރެވެން ފެށުމަކީ ކުރިއެރުމެއް: ޒަރީރު

Advertisement

އެންމެ ފަސް

Advertisement

ކަރެކްޝަންސްގެ އަމިއްލަ އިމާރާތެއްގައި އިދާރީ މަސައްކަތްތައް ކުރެވެން ފެށުމަކީ ލިބުނު ކުރިއެރުމެއް ކަމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ކަރެކްޝަންސްގެ ހެޑްކުއާޓާޒް ރަސްމީކޮށް ހުޅުވުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ މަގާމާ ހަވާލުވި އިރު ކަރެކްޝަންސްގެ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި އެ އިދާރާ އުފެދުނު ފަހުން އެ އިދާރާގެ އިދާރީ މަސައްކަތް އަމިއްލަ އިމާރާތެއްގައި ކުރެވެން ފެށުނީ އަލަށް ކަން ޒަރީރު ފާހަގަކުރެއްވިއެވެ.

”ކަރެކްޝަންސް އުފެދުނު ފަހުން 50 އަށް ވުރެ ގިނަ އަހަރު ވެފައިވާއިރު ފުރަތަމަ ފަހަރަށް ކަރެކްޝަންސްގެ އަމިއްލަ އިމާރާތެއްގައި އިދާރީ މަސައްކަތް ކުރަން ފެށުމަކީ ހަގީގަތުގައި ވެސް ކުރިއެރުމެއް. ވޭތުވެ ދިޔަ 20 ވަރަކަށް އަހަރު ތެރޭ މި މުއައްސަސާ ވަނީ ހަ ހާލީގައި ލެވިފައި. އޭގެ މާނައަކީ ހަ ބިލްޑިންއެއްގައި މަސައްކަތް ކޮށްފައި.“ ޒަރީރު ވިދާޅުވި އެވެ.

ކަރެކްޝަނުން ކުރާ މަސައްކަތަށް އަލިއަޅުއްވާލައްވައި ޒަރީރު ވިދާޅުވީ އެ އިދާރާއިން ކުރަނީ ވަރުގަދަ ގައުމީ މަސައްކަތެއް ކަމަށެވެ. އެ ގޮތުން އެންމެ ނުރައްކާތެރި ކުށްވެރިންނުން ފެށިގެން އާދައިގެ ކުށްވެރިންނާ ހަމައަށް ކަރެކްޝަންސްގެ އޮފިސަރުން ބަލަހައްޓަމުން އަންނަކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.

މިވަގުތު ރާއްޖޭގެ ތިން ޖަލެއްގެ އިތުރުން އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރުގެ ސެކިޔުރިޓީ ވެސް ކަރެކްޝަނުން ބަލަހައްޓާކަން ފާހަގަ ކުރައްވައި ޒަރީރު ވިދާޅުވީ ތިން ޖަލާއި ރާއްޖޭގެ އެކި ތަންތަނުގައި 1،718 ގައިދީން ބަންދުކޮށްފައި އެބަތިބި ކަމަށެވެ.

‏މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން 31 ޑިސެމްބަރ 2013 ގައި އެފެއްދެވި މުއައްސަސާއެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ