ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފި އެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޗައިނާއަށް ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގަ އެވެ. މި ދަތުރުފުޅަކީ ނުވަވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އާއި ހަވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އާއި ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ނާޒިމް ތަގުރީރު ކުރައްވާނެ އެވެ.
ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އާއި ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމްގެ އަރިހުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރާއި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީގެ އިތުރުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ރާއްޖެ - ޗައިނާ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ޗައިނާ