ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގައި ތަޢުލީމީ ޚިދުމަތްތައް ދިނުން ލާޒިމުކޮށް، ގަވައިދު ނެރެފި

Advertisement

އެންމެ ފަސް

Advertisement

ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން، ކުދިން އިސްލާހުކުރުމަށް އެކަހެރިކޮށްގެން ފަރުވާ ދިނުމަށާއި ބަންދުގައި ބައިތިއްބަންޖެހޭ ކުދިންނަށް ހަދާ ކަރެކްޝަނަލް މަރުކަޒުތައް ހިންގުމުގެ ގަވާއިދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އާންމުކޮށްފި އެވެ.

މި ގަވާއިދުގެ ދަށުން ކަރެކްޝަނަލް މަރުކަޒުތައް ބެހިގެންދަނީ ދެ ބަޔަކަށެވެ. އެއީ ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި ލޯންގްޓާމް ސެކިއޯ ފެސިލިޓީ އެވެ. ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ބައިތިއްބާނީ ދިގު މުއްދަތަކަށް ބަންދުކުރަން ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިންނެވެ. އަދި ލޯންގްޓާމް ސެކިއޯ ފެސިލިޓީގައި ބައިތިއްބާނީ ޖިނާއީ ބޮޑެތި ކުށްކުރާ، މުޖުތަމަޢުއާ އެކަހެރިކޮށްގެން ގެންގުޅެންޖެހޭ ކުދިންނެވެ.

މި މަރުކަޒުތަކުގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ބަންދުގައި ތިބޭ ކުދިންގެ އާންމު ހާލަތު ބެލެހެއްޓުމާއި، އެ ކުދިންގެ ޢަމަލުތައް މޮނިޓަރކުރުން ހިމެނެ އެވެ. މީގެ އިތުރުން، މަރުކަޒުގެ އަމާންކަން ބެލެހެއްޓުމާއި، ގަވާއިދާ ޚިލާފުވާ ކުދިންނާމެދު ފިޔަވަޅު އެޅުމާއި، އަސާސީ ޚިދުމަތްތަކާއި އިނާޔަތްތައް ފޯރުކޮށްދިނުން ވެސް ހިމެނެ އެވެ.

ގަވާއިދުގައި ކުދިން މަރުކަޒުތަކަށް ގެންދިއުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، އެ ކުދިންނަށް ދޭންޖެހޭ ޞިއްޙީ ފަރުވާއާއި، ތަޢުލީމީ ޚިދުމަތްތަކާއި، އަންނައުނާއި ކާނާގެ އިތުރުން ޢާއިލީ ބައްދަލުވުންތައް ހަމަޖައްސަންވީ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ހިމަނާފައިވެ އެވެ. އަދި ކުއްޖަކު މަރުކަޒަށް ގެންދާ ހިނދު އެކަން އެ ކުއްޖެއްގެ ޢާއިލާއަށް އަންގަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

މި ގަވާއިދުގެ ދަށުން، މަރުކަޒުގައި ހުންނަ ކޮންމެ ކުއްޖަކަށްވެސް މަދުވެގެން 20 މިނެޓު ޢާއިލާގެ މެންބަރަކާ ވާހަކަދެއްކުމުގެ ފުރުޞަތު ލިބިދެ އެވެ. ނަމަވެސް މި ފުރުޞަތު ލިބޭނީ ހަމައެކަނި މަރުކަޒުގައި ރަޖިސްޓްރީކޮށްފައިވާ އަދި ޑައިރެކްޓަރ ނުވަތަ ޑައިރެކްޓަރ ކަނޑައަޅާ ފަރާތަކުން ޢާއިލާގެ މެންބަރެއްކަން ކަށަވަރުކުރާ ފަރާތްތަކަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ