ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު ޒަހަމުކޮށްލައިފި

Advertisement

އެންމެ ފަސް

Advertisement

ފުވައްމުލައް ސިޓީގައި ރޭ ހިންގި މާރާމާރީއެއްގައި ޒުވާނަކު ޒަހަމުކޮށްލައިފި އެވެ.

ފުލުހުން ބުނެފައިވަނީ، ފުވައްމުލައް ސިޓީގައި މީހެއްގެ ގައިގައި ތަޅައިގަނެ މާރާމާރީއެއް ހިންގާފައިވާ މައްސަލައެއް ރޭ 20:54 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ. އޭނާގެ ނޭފަތާއި އަނގަ ފަޅައިގެންގޮސް، ކަނާތު ކޯމަތި ދުޅަވެ އިތުރު ކުދި އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. މި މީހާއަށް އިތުރު ފަރުވާދިނުމަށް ވަނީ އައްޑޫސިޓީއަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފުވައްމުލަށް ސިޓީ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ