ދިވެހި ޑޮކްޓަރުންގެ ޓީމަކާއެކު މި މަހު ކުޅުދުއްފުށި ސިޓީގައި ކޭމްޕެއް ބާއްވަނީ

Advertisement

އެންމެ ފަސް

Advertisement

ސިއްހީ ވުޒާރާ އާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕެއް ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައިފި އެވެ.

މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 އިން 14 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގަ އެވެ.

މި ކޭމްޕުގައި ގިނަ ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދޭން ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ކަފާލައިގެން އަދި ލޯވަޅުއަޅައިގެން ކުރާ އޮޕަރޭޝަންތަކާއި، ފަސޭހަނުވެ ގިނަދުވަސްވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާ ދިނުން ހިމެނެ އެވެ. މީގެ އިތުރުން ޕްލާސްޓިކް ސާރޖަރީގެ ހިދުމަތާއި ކެންސަރު ބަލީގެ އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތްވެސް މި ކޭމްޕުގައި ލިބޭނެ އެވެ.

ހަމައެހެންމެ، ބަރުދަން ލުއިކުރުމާއި ގޮހޮރުގެ ބަލިތަކުގެ އޮޕަރޭޝަންތަކުގެ ޑޮކްޓަރުންގެ ހިދުމަތާއި، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުންނާއި ނާރުގެ ބަލިތަކުގެ އޮޕަރޭޝަންތަކުގެ ޑޮކްޓަރުންގެ ހިދުމަތްވެސް މި ކޭމްޕުގައި ފޯރުކޮށްދޭން ވަނީ ހަމަޖެހިފަ އެވެ. އަދި ނުފިލާ ހުންނަ ތަދުތަކަށް ފަރުވާ ދިނުމުގެ އިތުރުން އޯޕީޑީގައި ބަލިމީހުން ބެލުމުގެ ހިދުމަތްވެސް ލިބޭނެ އެވެ.

ކޭމްޕްގައި ބައްލަވާ ޑޮކްޓަރުން

މި ކޭމްޕުގެ ތެރެއިން ހޮސްޕިޓަލުގެ މުވައްޒަފުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ތަފާތު ތަމްރީނުތަކާއި ކްލާސްތައް ހިންގޭނެ އެވެ.

މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް ނުވަތަ އޮޕަރޭޝަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް މި މަހުގެ 1 ވަނަ ދުވަހުގެ 16:00 އިން ފެށިގެން ހޮސްޕިޓަލުގެ ނަންބަރު 6528864 އަށް ގުޅައިގެން ނުވަތަ ހޮސްޕިޓަލުގެ ޕޭޝަންޓް ޕޯޓަލް krh.gov.mv މެދުވެރިކޮށް ނަން ނޯޓުކުރެވޭނެ އެވެ.

ކުޅުދުއްފުށި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އައިޖީއެމްއެޗް މިނިސްޓްރީ އޮފް ހެލްތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ