ޤައިދީން އިސްލާހުކުރުމަށް އައްޑޫ ސިޓީ ކައުންސިލާއި އެމްސީއެސް އެއްބަސްވުމެއްގައި ސޮއިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމާ ގުޅޭ ފަހުމްނާމާއެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ސޮއިކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އިއްޔެ މެންދުރު ބޭއްވުނު ރަސްމިއްޔާތުގައި، އެމްސީއެސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރ ޢަލީ ނިޒާރު ވަނީ މި ފަހުމްނާމާގައި ސޮއިކުރައްވާފަ އެވެ. މި ރަސްމިއްޔާތުގައި ދެ މުއައްސަސާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ފަހުމްނާމާއަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން ކަނޑައެޅޭ އަދަބުތައް ތަންފީޛު ކުރުމުގައި ޢަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން އެކުލަވާލެވިފައިވާ ގަވާއިދުގެ ދަށުން، އަދަބު ތަންފީޛު ކުރުމުގައި ކައުންސިލްތަކުން އެމްސީއެސްއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާ ގުޅޭގޮތުން ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން، ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާ ގުޅިގެން ޤައިދީން ތަޢުލީމީ އަދި އެހެނިހެން ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެހީތެރިވެދޭނެ އެވެ. އަދި މުޖުތަމަޢުއަށް ޚިދުމަތްކުރުމަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް އެން.ޖީ.އޯތަކާއި އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހޯދައި އެމްސީއެސްއާ ހިއްސާކުރުމަށްވެސް ވަނީ އެއްބަސްވެފަ އެވެ.

މީގެއިތުރުން، ޤައިދީން މުޖުތަމަޢުއިން ބަލައިގަންނަ ފަރާތްތަކެއްގެ ގޮތުގައި ހެދުމަށާއި، މުޖުތަމަޢަށް އަލުން ގުޅިގެން ދިއުމަށްޓަކައި މުޖުތަމަޢުގެ ދައުރު ބަޔާންކޮށްދީ، އާންމުން ހޭލުންތެރި ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެއްބަސްވެފަ އެވެ.

އައްޑޫ ސިޓީ ކައުންސިލް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ