އެމްޑީޕީ މީހުން ލަދުގަންނަން ޖެހޭނެ އަދުލު އިންސާފުގެ ވާހަކަ ދައްކަން: މެންބަރު ޒަރީރު

Advertisement

އެންމެ ފަސް

Advertisement

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއިން އަދުލު އިންސާފުގެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މެންބަރުު މިހެން ވިދާޅުވެފައިވަނީ، ކޮންގުރެސް ޕާޓީއިން މިރޭ ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެންބަރު ވިދާޅުވީ، އެމްޑީޕީ މީހުން އަދުލު އިންސާފުގެ ވާހަކަ ދައްކާއިރު 5 އަހަރު ދުވަސް ނިމިގެން ދިޔައިރު ޖޭއެސްސީގެ ކޮމްޕޯނެންޓަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ.

ރެކޯޑު އަދަދަކަށް ފަނޑިޔާރުން ފަނޑިޔާރު އިޖުރާއަތްތައް ފުރިހަމަނުކޮށް ނަގާފައި ބޭރު ކޮށްލާފައިވާ ކަމަށާއި، 56 ފަނޑިޔާރުންނަށް އެކިއެކި މައްސަލަތަކުގައި އެބޭފުޅުންނަށް އަނިޔާދީފައިވާ ކަމަށްވެސް މެންބަރު ވިދާޅުވެފައިވެ އެވެ.

”އެބޭފުޅުންނަށް އަނިޔާދީފަ، އެބޭފުޅުން ސަސްޕެންޑް ކޮށްފަ، ވަކި ކުރެވިފަ، ދެން މިތާ އެބޭފުޅުން މިދައްކަނީ ކޮން އަދުލުވެރި ނިޒާމެއްގެ ޖުޑިޝަރީ ވާހަކަތޯ.“

މެންބަރު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމަށް ދޮޅުއަހަރު ވެގެންދިޔައިރު ފަނޑިޔާރުންނާއި ބެހޭ ގޮތުން ޖުމުލަ ބަލާފައި އޮތީ 7 ވަރަކަށް މަސް ކަމަށާއި، އެހެންކަމުން 200 ވަރަކަށް ޕަސެންޓް ތަފާތު އެބަހުރި ކަމަށެވެ.

”އެހެންވީމަ އެމްޑީޕީއިން މިހާރު ލަދުގަންނަން ޖެހޭނެ އަދުލު އިންސާފުގެ ވާހަކަދައްކަން، މި ދައްކަނީ ފެކްޓަރ ހެއްކާ އެއްކޮށް އެހެރީ ފެންނަން ދެން ކޮންވާހަކައެއް މި ދައްކަނީ.“

އެމްޑީޕީ ސަރުކާރުން ކުރި ކަމަކީ ހަމައެކަނި ފައިސާ ޗާޕު ކުރުން ކަމަށާއި، އެއީ ވަރަށް ފަސޭހަ ކަމެއް ކަމަށް މެންބަރު ވިދާޅުވެފައިވެ އެވެ.

އެއަށްފަހު ދައުލަތުގެ އާމްދާނީ އިތުރުކުރަން ދެން ކުރި ކަމަކީ ޓެކްސް ބޮޑުކުރުން ކަމަށްވެސް މެންބަރު ވިދާޅުވެފައިވެ އެވެ.

ކޮންގްރެސް ޕާޓީ އެމްޑީޕީ މެންބަރު ހަސަން ޒަރީރު ޕީއެންސީ ހައުސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ