ކޯޓު އަމުރެއްގެދަށުން ރައުދު އަނެއްކާވެސް ހައްޔަރު ކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް މިއަދު ބަންދުން ދޫކޮށްލުމަށްފަހު އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފި އެވެ.

ރައުދު މިއަދު ބަންދުން ދޫކޮށްލި ސަބަބެއް ސާފެއްނުވެ އެވެ. ނަމަވެސް ރައުދުގެ ބަންދު މުއްދަތު އިތުރުކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނިކޮށް މިއަދު ފުލުހުން އޭނާ ބަންދުން ދޫކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ވަނީ ބާތިލުކޮށްފަ އެވެ.

ނަމަވެސް މައުލޫމާތުލިބޭގޮތުގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ރައުދު އަނެއްކާވެސް ހައްޔަރު ކޮށްފައި ވަނީ އިޖުރާއަތު ފުރިހަމަ ކުރުމުގެ ގޮތުންނެވެ.

ފުލުހުން ރައުދު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ އިރު އޮއްސުނު ފަހުންނެވެ.

ހަތަރު ފަހަރެއްގެ މަތިން ރައުދުގެ ބަންދު މުއްދަތު ޖަހާފައިވާއިރު، އެންމެ ފުރަތަމަ ރައުދުގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ޖެހިއިރު އޭގެފަހުން 10 ދުވަސް، އޭގެފަހުން ފަސް ދުވަސް އަދި އެންމެފަހުން ވަނީ 20 ދުވަސް ބަންދަށްދީފަ އެވެ.

މި މައްސަލައިގެ ތަހުގީގަށް ޔުމްނުއާ ސުވާލުކުރުމުގެ އިންތިޒާމް އާއިލާގެ ފަރާތުން ހަމަޖައްސާދީފައިނުވާތީ އަދި ޔުމްނުގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާތީ،  މެލޭޝިޔާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިޔާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާކަން ފުލުހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.

އިތުރު ތަފްސީލު އަންނަނީ–

ރައުދު އަހުމަދު ޒިލާލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ