ބަންކަރިންގެ ހިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާ ލިބިއްޖެ: ޝިމާދު

Advertisement

އެންމެ ފަސް

Advertisement

އިހަވަންދިއްޕޮޅުގައި ފެށި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިމާދު ވިދާޅުވި ގޮތުގައި، މި އާމްދަނީ ލިބިފައިވަނީ 11،500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިގެންނެވެ. އަދި މާލެ ސަރަހައްދުގައި ބަންކަރިންގެ ވިޔަފާރި ވަރަށް ރަނގަޅު ކަމަށް ވިދާޅުވި އެވެ. ނަމަވެސް އިހަވަންދިއްޕޮޅުގައި މި ވިޔަފާރި ދަށްކަމަށާއި، ބަންކަރިންގެ ހިދުމަތް ދޭ ގޮތްތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށްވެސް ފާހަގަކުރެއްވި އެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯއިން 15-20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެ އެވެ. މި ހިދުމަތް ދެމުން ގެންދަނީ އެމްޕީއެލްއާ ގުޅިގެންނެވެ. އަދި ބޯޓުފަހަރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ އެސްޓީއޯއިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި އޮފްޝޯ ބަންކަރިންގެ ހިދުމަތް މިހާރު ދެމުން ގެންދަނީ ދެ ބޯޓު މެދުވެރިކޮށެވެ. މި ހިދުމަތަކީ ރާއްޖޭގެ އިގްތިސާދަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމަށް އުއްމީދުކުރެވޭ ވިޔަފާރިއެއް ކަމަށް ބެލެވެ އެވެ.

ބަންކަރިންގ ހިދުމަތް އެސްޓީއޯގެ އެމްޑީ އިބްރާހީމް ޝިމާދު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ