އިރުއިރުކޮޅާ ވެރިކަން ބަދަލުކުރަން ވެއްޖެއްޔާ ލަންކާއައްވީ ގޮތްވެދާނެ: މެންބަރު އަބްދުއްސައްތާރު

Advertisement

އެންމެ ފަސް

Advertisement

އިރުއިރުކޮޅާ ވެރިކަން ބަދަލުކުރަން ވެއްޖެއްޔާ އަވައްޓެރި ލަންކާއައްވީ ގޮތްވެދާނެ ކަމަށާއި، އިރުއިރުކޮޅާ ވެރިކަން ބަދަލުކުރާ ބަޔަކަށް ވެގެންނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިރޭ ވެރިކަންކުރާ މައި ޕާޓީ ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ، ސިޔާސީ ހަޔާތް ފެށިގެން އައިއިރު ދިވެހިރާއްޖެ އޮތީ ވަރަށް ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި އެކަކު އަނެކަކަށް އިހުތިރާމު ނުކޮށް، އެކަކު އަނެކަކަށް ހިތަށްއެރި އެއްޗެއް ގޮވަމުންދިޔަ ކަމަށްވެސް ވިދާޅުވި އެވެ.

މެންބަރު އަބްދުއްސައްތާރު ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅުއްވާފަ އެވެ. ”ދިވެހި ރައްޔިތުންދެކެ ލޯބިވާ ވެރިންގެ ހުންނަންވީ އަގުމަގު އެހުންނަންވީ ސިޔާސަތު އެމަނިކުފާނު ދައްކަވަމުންގެންދިޔައީ ކެމްޕޭނުތެރޭގައިވެސް، މިއަދުވެސް ހަމައެހެން،“ މެންބަރު ވިދާޅުވި އެވެ.

މެންބަރު އަބްދުއްސައްތާރު ވިދާޅުވީ، ރައީސް މުއިއްޒަކީ ރައްޔިތުންގެ އަޑުއައްސަވާ ރައީސެއް ކަމަށާއި، ގައުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ސީދާ ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މިއީ މިހާތަނަށް އެއްވެސް ރައީސަކު މަސައްކަތް ކުރެއްވި ގޮތެއް ނޫން ކަމަށްވެސް ފާހަގަކުރެއްވި އެވެ.

މެންބަރު އިތުރަށް ވިދާޅުވީ، ކޮންމެ ފަހަރަކު ވެރިކަން ބަދަލުވުމުން ގައުމު ވެއްޓެނީ ބޮޑު އަނދަވަޅަކަށް ކަމަށާއި، އޭގެން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ވެރިކަމެއް ލިބިގެން ގައުމު ބިނާކޮށް، ކުރީގެ ގޯސްތައް ރަނގަޅުކޮށް، ރަނގަޅު މިސްރާބަކަށް ދަތުރުކުރަން ފަށާއިރަށް ވެރިކަން ބަދަލުވެގެންދާ ކަމަށް ފާހަގަކުރެއްވި އެވެ.

”މިހެން މިކަން ވާންވެއްޖިއްޔާ ކުރިޔައް އޮތްތަނުގައި އަޅުގަނޑުމެންގެ މި ގައުމު އަޅުގަނޑަށް ހަމަޔަގީން އަތުނުވާނެ ކަން، އަޅުގަނޑުމެންގެ މި ގައުމު ކުރިޔައް އޮތްތަނުގައި އަޅުގަނޑުމެންގެ އަވައްޓެރި ލަންކާއައް ވީހެން ވެގެން ހިނގައިދާނެ،“ މެންބަރު އަބްދުއްސައްތާރު ވިދާޅުވި އެވެ.

ހޮޅުދޫ ދައިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ކޮންގްރެސް ޕާޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ