ގެއެއްގެ ފުރާޅު މައްޗަށް ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން މި މައްސަލައާ ގުޅުން ހުރި ތަންތަނަށް ގޮސް މައްސަލައާ ގުޅުން ހުރި މީހުންގެ ބަޔާން ނަގަން ފަށައިފި އެވެ.
އެ ކޮމިޝަނުން މިކަން ހާމަ ކުރީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
މެންބަރުން ވަނީ މިއަދާ ހަމައަށް، މި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި ގުޅުންހުރި އިދާރާތަކުގެ ކަމާ ބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވައި މައްސަލައާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރަން ފައްޓަވާފަ
މިއީ 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި، 27 އެޕްރިލް 2025 ގައި އުފެއްދެވި ކޮމިޝަނެކެވެ.
މި މައްސަލަ ބެލުމަށްޓަކައި ރައީސް މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުގައި ހިމެނެނީ 5 މެންބަރުންނެވެ.
ކޮމިޝަންގެ މެންބަރުން
- ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އާމިނަތު އީނާސް، ހ. ހަބަރުގެ
ރިޔާސީ ކޮމިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ކޮމިޝަނުން ތަހުގީގުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ބުނެފަ އެވެ. އަދި ކޮމިޝަނަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެކަމަށްވެސް ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަން އަންހެނަކު ވެއްޓުން ޑރ. މުހައްމަދު މުނައްވަރު