ކުޅިވަރާއި ސަޕްރައިޒްތަކާއެކު މައި ހުޅުމާލެ ފެސްޓިވަލްގައި ބައިވެރިވާނެކަން ތާޒާ އިން ހާމަކޮށްފި އެވެ.
ދިވެހިންގެ މެދުގައި އެންމެ މަގުބޫލް، ތާޒާ ފެން ފޯރުކޮށްދޭ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ބުނީ މެއި 10 ވާ ހޮނިހިރު ދުވަހު (މާދަމާ) ހިޔާ ޕާކް އަދި ރުއްގަނޑު 3 ގައި ހަވީރު 4:00 އިން 6:00 އަށް ބާއްވާ މި ކާނިވަލްގައި ތާޒާ އެކްސްޕީރިއަންސް ބޫތުގައި އިންޓަރެކްޓިވް ކުޅިވަރުތަކާއި، ހިލޭ ރިފްރެޝްމަންޓްސް އަދި ފޮނި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނ ެކަމަށެވެ.
އައިބީއެމްގެ ސްޓޯލްގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި މިނި ބާސްކެޓްބޯލް، ކޮތަޅު އެއްލުން، ޓާގެޓް ޝޫޓިންގ (ޖެލް ބްލާސްޓަރ) އަދި ހިލޭ ފެން ބެހުން ހިމެނެ އެވެ.
އޫރިދޫ މޯލްޑިވްސް އަދި ޓާޒާއާ ގުޅިގެން އެޗްޑީސީން އިންތިޒާމްކުރާ މައި ހުޅުމާލެ ފެސްޓިވަލްގެ ތެރެއިން ބާއްވާ ފެމިލީ ކާނިވަލް މިއަހަރު ބާއްވަނީ ކުޑަކުދިންގެ ދުވަހާ ދިމާކޮށެވެ. މި ފެސްޓިވަލްގެ ދަށުން ހަފްތާއެއްގެ މުއްދަތަށް އެކި ހަރަކާތްތައް ކުރިއަށްދާނެ އެވެ.
ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ މި ފެސްޓިވަލްގައި ވެލްނަސް ކޭމްޕްތަކާއި، މުޖުތަމައުގެ ކުޅިވަރުތަކާއި، އާންމު ޝޯކޭސްތައް ހިމެނެ އެވެ. އަދި މެއި 10 އިން 17 އަށް ހުޅުމާލޭގައި ވަގުތީ ޑިސްކައުންޓްތައް ދިނުމަށް ލޯކަލް ވިޔަފާރިތަކާއެކު ވެސް އެޗްޑީސީން ވަނީ ބައިވެރިވެފަ އެވެ.
މައި ހުޅުމާލެ ފެސްޓިވަލް އެކްޓިވިޓީ ޝެޑިއުލް:

