ތާޒާގެ ސަޕްރައިޒެއް އަންނަ ހޮނިހިރުގައި

Advertisement

އެންމެ ފަސް

Advertisement

ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލް ފެންކަމަށްވާ ’ތާޒާ‘ އިން އެންމެންނަށް ސަޕްރައިޒް އެއް ދޭން ތައްޔާރު ވެއްޖެ އެވެ.

ތާޒާ ފެން އުފައްދާ ކުންފުނި ކަމަށްވާ އައިލެންޑް ބެވެރެޖަސް މޯލްޑިވްސް (އައިބީއެމް) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަންނަ ހޮނިހިރު ދުވަހު ސަޕްރައިޒް އެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ތާޒާގެ މި ސަޕްރައިޒް އަކީ ކޮބައިކަން އަދި ސާފުކޮށް އެނގެން ނެތެވެ. އެއްވެސް އިތުރު މައުލޫމާތެއް ނުވަތަ ތަފްސީލެއް ހިއްސާކޮށްފައި ނުވާއިރު، މި ޕޯސްޓްތަކުން ވަނީ ގިނަ ބައެއްގެ ޝައުގުވެރިކަން އިތުރުކޮށްފަ އެވެ. އެ ޕޯސްޓުގައިި ލިޔެފައިވާ ލިޔުންކޮޅުގައި ވަނީ ތާޒާ އެއްޗެއް އަންނަން އުޅޭ ކަމަށެވެ.

މައިހުޅުމާލެ ފެސްޓިވަލް ކައިރިވަމުން އަންނަ ދަނޑިވަޅެއްގައި މި ޕޯސްޓްތައް ޝާއިޢުކޮށްފައިވުމުން، މި ސަޕްރައިޒްއަކީ ފެސްޓިވަލާ ގުޅުންހުރި ކަމެއްކަމަށް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ. މައިހުޅުމާލެ ފެސްޓިވަލްއަކީ ހުޅުމާލެއަށް 21 އަހަރު ފުރުމާއި ދިމާކޮށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސިޓީގެ ސެންޓްރަލް ޕާކްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފެސްޓިވަލްއެކެވެ.

އައިލެންޑް ބެވަރޭޖް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ