އެމްއެންޔޫ ތިނަދޫ ކެމްޕަސް ތަރައްޤީކުރުމަށް އެމްޓީސީސީއިން ތައްޔާރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫ ކެމްޕަސް އިތުރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީއިން ތައްޔާރުވެއްޖެ އެވެ.

އެގޮތުން ތިނަދޫ ސިޓީގައި ހުންނަަ އެމްއެންޔޫ ކެމްޕަސް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންނަށާއި މަސައްކަތްކުރާ މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީ އިން ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން އެމްޓީސީ އިން ނެރުނު ނޫސްބަޔާނުގައި އެކުންފުނިން ވިދާޅުވެފައިވަނީ މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނި ވަކި 3 މަޝްރޫއެއްގެ ގޮތުގައި ކަމަށާއި މި ކެމްޕަސްގައި 3 ފަންގިފިލާގެ އިމާރަތް ހެދުމާއި، ހާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމާއި މުވައްޒަފުންނަށް ހާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމާއި މުވައއޒަފުން ހާއްސަ 2 ފަންފިލާއެއް އެކޮމޮޑޭޝަން ބްލޮކެއް އިމާރާތް ކުރުން ހިމެނޭ ކަމަށެވެ.

މިގޮތުން 10،000 އިން މަތީގެ އާބާދީއެއް ދިރިއުޅޭ ގދ.ތިނަދޫގައި ހުންނަ އެމްއެންޔޫ ކެމްޕަސް ތަރައްގީކޮށް ހިދުމަތް ލިބޭން ފެށުމުން، ރަށުގެ ރައްޔިތުންއަށް ތައުލީމީ ރޮނގުނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ގަބޫލުކުރާ ކަމަށެވެ. އަދި ފުރަތަމަ މަޝްރޫއު ދަށުން، 3 ފަންގިފިލާާގެ ކެމްޕަސް އިމާރާތެއް ހެދުމަށް ހަމަޖެހިފައިވެ އެވެ. ދެވަނަ މަޝްރޫއުގެ ދަށުން ދަރިވަރުންނަށް ހާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. ދަރިވަރުންގެ އެކޮމިޑޭޝަން ބްލޮކްގެ 31 ކޮޓަރިއާއި ލޯންޑަރީއެއް ހުންނާނެ އެވެ. ތިންވަނަ މަޝްރޫއުގެ ދަށުން މުވައްޒަފުންނަށް ހާއްސ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރެވޭނެ އެވެ. މި ބްލޮކުގައި 7 ކޮޓަރިއާއި ކެފޭއެއްވެސް ހުންނާނެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ވަނީ ނުފެށި ހުއްޓިފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފަ އެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގދ. ތިނަދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ