ގަތަރުގެ ޝާހީ އާއިލާއާއިއެކު ރާއްޖޭގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ގާއިމްކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމުގައިވާ ޝެއިހް ނާއިފް ބިން އީދު އަލް ސާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޝެއިހް ނާއިފް ބިން އީދު އަލް ސާނީގެ ހާޒިރުގައި ކަމާ ގުޅޭ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްބީއެސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން މަރުވާން އަލްހާޖެރީ އެވެ.

އެމްއައިއެފްސީން ނެރުނު ބަޔާނެއްގައި ބުނީ މިއީ މާލޭގައި ގާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި، މާލީ މިނިވަން ސަރަހައްދެއް ކަމަށެވެ. މި ސަރަހައްދު ފަރުމާކުރެވިފައި ވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި ޑިޖިޓަލް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށް ކަމަށެވެ.

މި މަޝްރޫއަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަހައްދުގައި 6,500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ އެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަހައްދަށް ޒިޔާރަތްކުރާނެ ކަމަށް އެމްއައިއެފްސީން ލަފާކުރެ އެވެ.

މި ޕްލޭންގައި ހިމެނެނީ ބައިނަލްއަޤްވާމީ މައި އޮފީސްތަކާއި ސަރަހައްދީ އޮފީސްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި، މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި، ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި މިސްކިތެއްގެ އިތުރުން، އިންޓަރނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތަޢުލީމީ ވަސީލަތްތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ގަތަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ