އަންހެން ކުއްޖާ ވެއްޓުނު މައްސަލަ: އާންމުންގެ ކަންބޮޑުވުންތަކާއެކު ސީޕީ ޝުޖާއު އިސްތިއުފާ ދެއްވަން ނިންމަވައިފި

Advertisement

އެންމެ ފަސް

Advertisement

ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި އާންމުންގެ ފަރާތުން ކުރިމަތި ކަންބޮޑުވުންތަކާއެކު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ ދެއްވަން ނިންމައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މިކަން ވަނީ ޖަވިޔަނި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިސްތިއުފާ ދެއްވަން ނިންމެވި ވާހަކަ ސީޕީ ޝުޖާއު ވަނީ މިނިސްޓަރު އިހުސާންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ދަންނަވާފަ އެވެ.

މި މައްސަލައިގައި މިހާރު ވަނީ އެ އަންހެން ކުއްޖާއާއެކު އެންމެ ފަހުން ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފަ އެވެ. އަދި އެ ކުއްޖާ ވެއްޓުނު ރޭ ވެއްޓުނު ގެއަށް ރައުދުއާއެކު އައުމުގެ ކުރިން ދިމާވި އިތުރު 6 މީހަކާއި ރައުދުގެ ޕާސްޕޯޓުވެސް މިހާރު ވަނީ ހިފަހައްޓާފަ އެވެ.

އަންހެން ކުއްޖާ ވެއްޓުމުގެ ކުރިން އެ ކުއްޖާއާއެކު އެންމެ ފަހުން ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް އާ އެ ކުއްޖާއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މިހެން ބުނެފައިވަނީ ރައުދުގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ކުރިއަށް ގެންދިޔަ ބަންދުގެ މަޖިލީހުގަ އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން މި މައްސަލައިގެ އައިއޯ ވަނީ އަނިޔާ ލިބުނު ފަރާތާއި ރައުދުއާ ދެމެދު އެރޭ ހަމަނުޖެހުމެއް ހިނގާފައިވާކަމަށް ފުލުހުންގެ ތަހުގީގަށް އެގިފާވާކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އަނިޔާ ލިބުނު ފަރާތް ވެއްޓުނު ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަނިޔާ ލިބުނު ފަރާތް ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީކަމަށް ބެލެވޭކަމަށް ރައުދު ބުނެފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި އާންމުން ކަންބޮޑުވުން ފާޅު ކުރަމުން ދަނީ ފުލުހުން ބައެއް ކަންކަން ފޮރުވަން އުޅޭކަމަށް ބުނެ އެވެ. ނަމަވެސް ފުލުހުންވެސް އަދި މިނިސްޓަރު އިހުސާންވެސް ވަނީ އެއްވެސް ކަމެއް ސިއްރުކޮށްފައި ނުވާނެކަމަށް ވިދާޅުވެފަ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝުޖާއު އައްޔަންކޮށްފައިވަނީ ޑިސެމްބަރު 25، 2023 ގަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ