އަދަދު ނޫހުން ނެގި އިންޓަވިއުގެ އެންމެ މުހިންމު ތަންކޮޅަކީ މީ: މިނިސްޓަރު އިހުސާން

Advertisement

އެންމެ ފަސް

Advertisement

އަދަދު ނޫހުން ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިންޓަވިއުއެއް ނެގުމަށްފަހު ޝާއިރު ކުރި ހަބަރުގައި އެންމެ މުހިންމު ބަޔަކީ އިމާރާތުން ވެއްޓުނު ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ދެފުށް ފެންނަ ތަހުގީގެއް ހިންގުން 100 އިންސައްތަ ކަށަވަރުކޮށްދެއްވާނެކަމަށް ވިދާޅުވި ވާހަކަކަމަށް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ އަދަދު ނޫހުން ޝާއިރުކުރި ހަބަރުގެ ސްކްރީންޝޮޓަކާއެކު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ އިންޓަވިއުއަށް ގުޅުއްވާފައި ހަބަރުގެ ހެޑްލައިން ޖެއްސުވުމުގަ ވީހާވެސް ”ސެންސޭޝަނަލް“ ކުރުމަށް ނޫސްވެރިން އުޅުއްވުމުން ދެކެވުނު ވާހަކައިގެ މަހުފޫމް ކޮންމެ މީހަކަށްވެސް އޮޅޭނެކަމަށެވެ.

އިންޓަވިއުއަށް ގުޅުއްވާފައި ހަބަރުގެ ހެޑްލައިން ޖެއްސެވުމުގައި ވީހާވެސް ”ސެންސޭޝަނަލް“ ކުރުމަށް ނޫސްވެރިން އުޅުއްވުމުން ދެކެވުނު ވާހަކައިގެ މަހުފޫމް އޮޅޭނެ ކޮންމެ މީހަކަށްވެސް. މިވާހަކައިގެ މުހިންމު ތަންކޮޅު ހިއްސާކޮށްލީމެވެ.

މިނިސްޓަރު ހިއްސާ ކުރެއްވި އަދަދު ނޫހުގެ ހަބަރުގެ ސްކްރީންޝޮޓުގައި ދެފުށްފެންނަ ތަހުގީގެއް ހިންގުމަށް ޒުވާނުން ކުރާ ޑިމާންޑްތަކަށް މިނިސްޓަރުވެސް ސަޕޯޓް ކުރައްވާނެ ކަމަށާއި ހޯމް މިނިސްޓްރީ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރައްވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މި މައްސަލައިގެ ތަހުގީގު ނިމިފައި ނުވާތީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ ދެއްވަން ޖެހޭކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މި މައްސަލައިގައި މިހާތަނަށް ފުލުހުންގެ އިހުމާލެއް ފެންނަން ނެތްކަމަށް މިނިސްޓަރުގެ އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ވަނީ ފުލުހުން ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާ ކުރާ މައުލޫމާތުތައް މިހާރަށް ވުރެ ސާފު ކުރެވޭނެކަމަށް ގަބޫލު ކުރައްވާކަމަށް ވިދާޅުވެފަ އެވެ.

އިސްތިއުފާގެ ކަންކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އިސްތިއުފާ ދެއްވަން ޖެހޭ ވަރުގެ ކަމެއް ހިނގައިގެން އުޅޭކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ