ޕްރައިވެޓް ސެކްޓަރ ފުންޑާލީ އެމްޑީޕީން: މެމްބަރ މަމްދޫހް

Advertisement

އެންމެ ފަސް

Advertisement

ޕްރައިވެޓް ސެކްޓަރ ފުންޑާލީ މި ސަރުކާރުން ނޫން ކަމަށާއި އެ ސެކްޓަރ ފުންޑާލީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވުނު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަމްދޫހު ވިދާޅުވި ގޮތުގައި، އެމްޑީޕީން ނެގި ލޯނުތަކުން ޕްރައިވެޓް ސެކްޓަރުން ދައްކަން ޖެހިފައިވާ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދެއްކުމުގެ ޖާގަ އެ ޕާޓީއަށް ލިބުނެވެ. ނަމަވެސް ޕްރައިވެޓް ސެކްޓަރއަށް ފައިސާ ނުދެއްކުމުގެ ސަބަބުން ގިނަ ކުންފުނިތައް އޮތީ ބަނގުރޫޓުވުމާއި ހިސާބުގައި ކަމަށް މަމްދޫހު ވިދާޅުވި އެވެ.

”އެމްޑީޕީގެ ސަރުކާރަކީ އުފެދުނީއްސުރެން ޕެރަލައިޒް ވެފައި އޮތް ސަރުކާރެއް“ ކަމަށް މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހުގެ ވާހަކަގައި ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުން ގިނަ ދާއިރާތަކެއް ޕެރަލައިޒްކޮށްލުމަށްފަހު، ގިނަ އަދަދެއްގެ ފައިސާ ޕްރިންޓްކޮށް، އެ ޕާޓީގައި ސިޔާސީ މަސައްކަތްކުރައްވާ ބޭފުޅުންނަށާއި އެ ޕާޓީން އުފައްދާފައިވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޭނުންކުރިއެވެ.

އިތުރަށް މަމްދޫހު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީން ނަގާފައިވާ ލޯނުތަކާ ހަވާލުވާން ޖެހުނީ ޕީއެންސީންނެވެ. އަދި އެމްޑީޕީން ނެގި ލޯނުތަކުން ޤައުމަށް ފައިދާވާނެ ނުވަތަ ޤައުމަށް އާމްދަނީ ލިބޭނެ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

މަމްދޫހު މިގޮތަށް ވިދާޅުވިއިރު، މި ސަރުކާރުން އަންނަނީ ޕްރައިވެޓް ސެކްޓަރ ފުނޑާލަމުން ކަމަށް ބުނެ އިދިކޮޅުން އަންނަނީ ސަރުކާރަށް ވަރަށް ބޮޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އިދިކޮޅުން ބުނާ ގޮތުގައި، ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގަނީ ޕްރައިވެޓް ސެކްޓަރ ފުނޑާލުމަށް ރޭވިގެން ހިންގާ ޕްލޭނެއްގެ ދަށުންނެވެ.

ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ