ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލުގެނެސްފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލު އައިސްފި އެވެ.

ރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފައިވަނީ، މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު 9264.15 އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދާ ކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދީފައިވެ އެވެ.

އެގޮތުން މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، ރިހީގެ ގްރާމަކަށް 15.57 ގެ ރޭޓުން 595 ގްރާމަށްވާ 9264.15 ރުފިޔާ ކަމަށް ޒަކާތު ހައުސްއިން ވަނީ ކަނޑައަޅާފަ އެވެ.

ރާއްޖޭގެ ބާޒާރުގައި ރިހީގެ އަގު ހުރީ ގްރާމަކަށް 15.57 ރުފިޔާއަށް އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 1،601.52 ރުފިޔާގަ އެވެ. ޒަކާތު ހައުސްއިން ބުނެފައިވަނީ ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ނިސާބު ކަނޑައެޅުން ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށެވެ. ރާއްޖޭގެ ބާޒާރުގައި ރަނާއި ރިހި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ) އިންނެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ވެބްސައިޓް މެދުވެރިކޮށް ކޮންމެ މީހަކު މުދަލު ޒަކާތް ދައްކަންޖެހޭ މިންވަރު ބަލާލެވެއިރުގައި މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެ އެވެ.

މީރާ މުދަލު ޒަކާތް މޯލްޑިވްސް ޒަކާތު ހައުސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ