ރޭގަނޑު 10 ގެ ފަހުން ގެއިން ބޭރުގައި އުޅޭ ކުދިންގެ މަޢުލޫމާތު އެއްކުރަނީ

Advertisement

އެންމެ ފަސް

Advertisement

ރޭގަނޑު 10 އެއްގެ ފަހުން ގެއިން ބޭރުގައި އުޅޭ ކުދިންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފި އެވެ.

މި މަސައްކަތް ފެށިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ބ. އޭދަފުށީގަ އެވެ.

ފުލުހުންގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ވަނީ ޗިލްޑްރެން ޑޭޓާ ބޭސް އިފްތިތާޙުކޮށް، ޑޭޓާ އެއްކުރުމުގެ މަސައްކަތް ފަށާފަ އެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ކުށްތަކަށް އަރައިގަންނަ ކުދިން އަލުން މުޖުތަމަޢަށް ގެނައުމެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަސައްކަތުގެ ދަށުން ބެލެނިވެރިއެއްގެ ބެލުމުގެ ދަށުގައި ނޫން ގޮތަށް ރޭގަނޑު 10 އެއްގެ ފަހުން މަގުމަތީގައި އުޅޭ ކުދިންގެ މަޢުލޫމާތު އެއްކުރެވޭނެ އެވެ. މީގެ އިތުރުން، ކުށްމަދު އަމާން މުޖުތަމަޢެއް ޤާއިމުކުރުމަށްޓަކައި ރަށްރަށުގެ އިދާރާތަކާ ގުޅިގެން އެކި ހަރަކާތްތައް ވެސް ފުލުހުން ދަނީ ހިންގަމުންނެވެ.

މި މަސައްކަތަކީ ކުޑަކުދިންގެ ރައްކާތެރިކަމާއި، ޒުވާނުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ. އަދި މި މަސައްކަތުގެ ސަބަބުން ކުށްކުރުން މަދުކޮށް، ކުޑަކުދިންނާއި ޒުވާނުންގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ފުލުހުން ފާހަގަކުރެ އެވެ.

ބ. އޭދަފުށީ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ