އައު އެކްޝަން ޕްލޭނާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރެވޭނެ

Advertisement

އެންމެ ފަސް

Advertisement

ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުގެ ހައްޤުތައް ކަށަވަރުކުރުމަށްޓަކައި އެކުލަވާލައިފައިވާ ޕްލޭނާއެކު އެމީހުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރަށް ކަށަވަރުކުރެވޭނެ ކަމަށް ސޯޝަލް މިނިސްޓްރީ އިން ބުނެފި އެވެ.

މި އެކްޝަން ޕްލޭން އެކުލަވާލެވިފައި ވަނީ ސަރުކާރުގެ އިދާރާތަކުގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމާއެކުގަ އެވެ.

މި އެކްޝަން ޕްލޭނާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕުރޮގުރާމެއްގައި ވާހަކަފުޅުދައްކަވަމުން، ސޯޝިއަލް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާޠިފް ވިދާޅުވީ، ނެޝަނަލް އެކްޝަން ޕެލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދެވިފައިއޮންނާނީ ޞިއްޙީ ދާއިރާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ކަމަށެވެ.

އެގޮތުން މި ޕްލޭންގެ ދަށުން ޞިއްޙީ ދާއިރާއިން އެފަދަ ފަރާތްތަކަށް ފޯރުކޮށްދެވިދާނެ ޚިދުމަތްތައް ހަރުދަނާކުރުމުގެ އިތުރުން އެމީހުން ޢާންމު ހާލަތައް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ނެޝަނަލް އެކްޝަން ޕެލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަނަކީ އިޖްތިމާޢީ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް، ޔޫއެންޑީޕީ ގުޅިގެން އެކުލަވާލައިފައިވާ ޕްލޭނެކެވެ. މި އެކްޝަން ޕްލޭންގައި މައިގަނޑު 5 ދާއިރާއެއްގެ މައްޗަށް އުސޫލުތައް އެކުލެވިގެންވެ އެވެ.

އެއީ ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، މާލީ ދާއިރާއާއި، އިންކްލޫސެބިލިޓީގެ އިތުރުން އެކްސެސް ޓު ޖަސްޓިސް ދާއިރާ އެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ޔޫއެންޑީޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ