ޖުލައި މަހު ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 93 މައްސަލައެއް މިނިސްޓްރީއަށް ރިޕޯޓުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ނިމިދިޔަ ޖުލައި މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 93 މައްސަލައެއް ހުށަހެޅިފައިވާކަމަށް ފެމިލީ އެންޑް ސޯޝަލް ޑެވެލޮޕްމެންޓް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ހުށަހެޅިފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. މިގޮތުން ޖުމްލަ 24 މައްސަލަ ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި 18 މައްސަލައަކީ އަންހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ. އަދި 6 މައްސަލައަކީ ފިރިހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ.

ޖިސްމާނީ ހާނިއްކައިގެ 21 މައްސަލައެއް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން 11 މައްސަލައަކީ އަންހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ. އަދި 10 މައްސަލައަކީ ފިރިހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ. މީގެ އިތުރުން، އިހުމާލުވުމުގެ 17 މައްސަލައާއި، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، އަދި ބްލެކްމެއިލް ކުރުމުގެ 8 މައްސަލަ ވެސް ހުށަހެޅިފައިވެއެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 6 މައްސަލައާއި، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 3 މައްސަލަ ހިމެނެއެވެ. އަދި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 2 މައްސަލައާއި، އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ ވެސް ހުށަހެޅިފައިވެއެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި ކުޑަކުދިންގެ އަހްލާގީ މައްސަލަތަކުގެ 20 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި ޖުމްލަ ގޮތެއްގައި ބަލާއިރު، ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 56 މައްސަލައަކީ އަންހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ. އަދި 37 މައްސަލައަކީ ފިރިހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ