މިނިސްޓަރު ހަލީލް އާއި ސައީދު ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ތުރުކީ އާއި ރާއްޖެއާ ދެމެދު އޮންނަ އިގުތިސާދީ ގުޅުން ބަދަހި ކުރުމަށް އެ ގައުމުގެ ވިޔަފާރިވެރިންނާ ފޮރިން މިނިސްޓަރު، އަބްދުالله ހަލީލް އާއި އިކޮނޮމިކް މިނިސްޓަރު ސައީދު ބައްދަލު ކުރައްވައިފި އެވެ.

ތުރުކީގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ދިވެހި ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ތުރުކީގެ ވިޔަފާރިވެރިންނަށް ހުށަހެޅި އެވެ.

އަދި އެ ޕްރެޒެންޓޭޝަނުގައި ދިވެހިރާއްޖެއަކީ ފަތުރުވެރިކަމާއި އިންވެސްޓްމެންޓުގެ ދާއިރާއިން ކުރިއަރަމުން އަންނަ ގައުމެއްކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އިއާދަ ކުރަނިވި ހަކަތަ އާއި ދަނޑުވެރިކަމާއި ގެދޮރުވެރިކަމާއި ރިއަލް އެސްޓޭޓް ވިޔަފާރި އަދި ބަނދަރު ތަރައްގީ ކުރުމާއި ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރަން ވަނީ މަޝްވަރާ ކޮށްފަ އެވެ.

މި ސަރުކާރުން އަންނަނީ ތުރުކީއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، އެންމެ ފުރަތަމަ ރަސްމީ ދަތުރެއްގައި ވަޑައިގަތީ ތުރުކީއަށެވެ.

ރާއްޖެ - ތުރުކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ