ޔަހޫދީންނަށް އަމާޒުކޮށް އޮސްޓްރޭލިއާގައި ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ ބޮންޑައި ބީޗުގެ ސަރަހައްދުގައި އިއްޔެ ދިން ޓެރަރިސްޓު ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކުށެއް ނެތް މައުސޫމު ބަޔަކު މަރާލި މިފަދަ ހާދިސާތަކަށް މުޖުތަމައުގައި ޖާގަ ނެތް ކަމަށާއި، މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފާޅުކޮށް، ޒަހަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑައި ބީޗުގައި އިއްޔެ ދިން ޓެރަރިސްޓު ހަމަލާގައި 16 މީހަކު މަރުވެ، 40 މީހަކު ޒަހަމް ވެފައިވެ އެވެ. މި ހަމަލާދީފައިވަނީ ދެ ބަފައިން ބަޑި ބޭނުންކޮށްގެންނެވެ. ހަމަލާ ދިން ދެ މީހުންގެ ތެރެއިން 50 އަހަރުގެ މީހާ ވަނީ ފުލުހުންގެ ހަމަލާއެއްގައި މަރުވެފައެވެ. އަދި އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅަށް އަންނަނީ ފަރުވާ ދެމުންނެވެ.

ދިވެހި ސަރުކާރުން ވަނީ މި ދަނޑިވަޅުގައި އޮސްޓްރޭލިއާ ސަރުކާރާ އެކު ކަމަށް ބުނެފަ އެވެ. އަދި ޓެރަރިޒަމްގެ މިފަދަ ހަމަލާތަކާއި އަމަލުތަކާ ދެކޮޅަށް އަބަދު ވެސް ބަސް ބުނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ. ދިވެހިރާއްޖެއިން ދުނިޔޭގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވެ އެވެ.

ރާއްޖެ - އޮސްޓްރޭލިއާ އޮސްޓްރޭލިއާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ