މާދަމާ ވެލިދޫގައި ޑައިލިސިސްގެ ޚިދުމަތް ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ނ. ވެލިދޫ ޞިއްޙީ މަރުކަޒުގައި މާދަމާއިން ފެށިގެން ޑައިލިސިސްގެ ޚިދުމަތް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައްވާން ފަށައިފި އެވެ.

ވެލިދޫ ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވިގޮތުގައި، މާދަމާ މި ޚިދުމަތް ފަށާއިރު އެންމެ ފުރަތަމަ ދެ ބަލިމީހުންނަށް ޑައިލިސިސް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިވަގުތު ކުރިއަށްދަނީ ހިދުމަތް ފެށުމަށްވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްކަމަށް މަރުކަޒުން މައުލޫމާތުދެއްވަ އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމުގައިވާ، މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން އަނެއް ފިޔަވަހި އެވެ.

ޞިއްޙީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ ތެރޭގައި އިތުރު 9 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ވަނީ ރޭވިފަ އެވެ. އޭގެ ތެރެއިން ދެން އެންމެ ކުރިން ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ތ. އަތޮޅުގަ އެވެ. މިހާރުވެސް ނ. މަނަދޫގައި ޑައިލިސިސްގެ ޚިދުމަތް ދެމުން ގެންދެ އެވެ. އަދި އެންމެ ފަހުން މި ޚިދުމަތް ޤާއިމުކުރެވުނީ ހއ. އިހަވަންދޫގަ އެވެ.

ނަމަވެސް އަދިވެސް އއ، އދ، ވ، މ، ފ، އަދި ދ އަތޮޅުގައި ޑައިލިސިސްގެ ޚިދުމަތް ފެށިފައެއް ނުވެ އެވެ. ސަރުކާރުން މި ވަގުތު އަންނަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މި މުހިންމު ޚިދުމަތް ފޯރުކޮށްދިނުމަށް ދުވަހުން ދުވަހަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ނ. ވެލިދޫ މިނިސްޓްރީ އޮފް ހެލްތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ