ޒަކާތު ފަންޑުގެ ސްކޮލަރޝިޕްތައް މިހަފްތާގައި އިޢުލާންކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޒަކާތު ފަންޑުގެ ސްކޮލަރޝިޕްތައް މިހަފްތާގެ ތެރޭގައި އިޢުލާންކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި، މި ސްކޮލަރޝިޕްތަކުގެ ދަށުން އިސްލާމީ ޢިލްމުގެ މުހިންމު އެކި ދާއިރާތަކުން މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރުގެ ގިނަ ފުރުސަތުތަކެއް ހުޅުވައިލެވޭނެ އެވެ. އަދި މީގެ އިތުރުން، ”އިޖިޕްޓް އަދި ސަޢުދީ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ ޢިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ މާލީ އެހީވެސް ސްކޮލަރޝިޕާއެކު އިޢުލާންކުރެވޭނެ“ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޒަކާތު ފަންޑުގެ މި ފުރުސަތުތައް ހުޅުވައިލެވެނީ 2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފަންޑަށް ލިބިފައިވަނިކޮށެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރ ޝަހީމް ފާހަގަކުރެއްވި ގޮތުގައި، ޒަކާތު ފަންޑު މިފަދަ ގޮތަކަށް އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެންދިޔަ ނަޞްރެކެވެ. އަދި މިއީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާއެއް ކަމުގައިވެސް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މޯލްޑިވްސް ޒަކާތު ހައުސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ