ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު ކޮނެގެން ނެގުމަށްފަހު އޮޓޮޕްސީ ހެދުމަށް އާއިލާގެ ފަރާތުން އެދިއްޖެ އެވެ.
ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ތައްޔާރުކޮށްފައިވާއިރު އޭގެން ދައްކާގޮތުން ޒަކިއްޔާ މަރުވެފައިވަނީ އަމިއްލައަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުންނެވެ.
ނަމަވެސް ޒަކިއްޔާ މޫސާގެ ހަށިގަނޑު ކޮނެގެން ނެގުމަށްފަހު އޮޓޮޕްސީ ހެދުމަށް އެދިފައިވަނީ، ޒަކިއްޔާގެ އާއިލާގެ ފަރާތްތަކަކުން 20 މީހަކު ސޮއިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފަށް ފޮނުވާފައިވާ ސިޓީއެއްގަ އެވެ.
މިސިޓީގައި އާއިލާގެ ފަރާތުން ބުނެފައިވަނީ، ވަޅުލުމަށްފަހުވެސް ހަށިގަނޑު ކޮނެގެން ނެގުމަށްފަހު އޮޓޮޕްސީ ހެދުމަކީ ކުރާ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައިވެސް އާ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން ޒަކިއްޔާގެ ހަށިގަނޑު ނެގުމަށްފަހު އޮޓޮސްޕީއެއް ހެދުމާއި ގުޅޭގޮތުންނާއި އެ އިޖުރާއަތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށް އާއިލާއިން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު، އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.
އިންޑިއާގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ތަޖުރިބާކާރު ޑޮކްޓަރުން ހެދި ވާޗުއަލް އޮޓޮޕްސީ ރިޕޯޓުން ދައްކާ ގޮތުގައި، ކަރުގެ ދެ ފަރާތުގައި ޒަހަމްތަކުން ނާރުތައް ބުރިވެފައި ވިޔަސް ކަށީގައި ޖެހޭ ހިސާބާ ކައިރިއަށް އެއްވެސް ޒަހަމެއްގެ ފުންމިނެއް ނެތެވެ.
ޒަކިއްޔާގެ މަރާއި ގުޅިގެން ހޮޅުދޫގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަދި ހޯމް މިނިސްޓަރު އަލީ އިހުސާން އެ ރަށަށްގޮސް ރައްޔިތުންގެ ކަންބޮޑުވުންތައްވެސް އަހާފައިވެ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ނ. ހޮޅުދޫ ދިވެހި ފުލުހުންގެ ޚިދުމަތް ޒަކިއްޔާގެ މަރު