މިއަހަރުގެ ޓާގެޓަކީ ހިސާބު އަދި ދިވެހިން ފާސްވާ އަދަދު އިތުރުކުރުން: ރައީސް

Advertisement

އެންމެ ފަސް

Advertisement

ތައުލީމީ ދާއިރާގައި ދަރިވަރުން ހިސާބު އަދި ދިވެހިން ފާސްވާ އަދަދު އިތުރުކުރުމަކީ މިއަހަރުގެ އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

”ރައްޔިތުންނާއިއެކު“ ޕްރޮގްރާމްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ގްރޭޑް އެކެއް އިން ފެށިގެން ހައަކާ ހަމައަށް ދަރިވަރުން ފާސްވާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ނަތީޖާތަކަށް ބަލާއިރު، ދިވެހި، އިނގިރޭސި އަދި ހިސާބުން ފާސްވާ މިންވަރު އެއްވަރެއްގައި ހުރި ނަމަވެސް، ދިވެހި އަދި ހިސާބުން ފާސްވާ މިންވަރު ދަށްވަމުން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.

”ވޭތުވެދިޔަ ދެތިން އަހަރު ތެރޭގައި މި މާއްދާތަކުގެ ފާސްވާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި. މިކަން ހައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަން,“ ރައީސް ވިދާޅުވި އެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި، މުދައްރިސުންގެ ފެންވަރު މަތިކޮށް، ދަރިވަރުންނަށް ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މަތީ ތައުލީމަށް ދާ ދަރިވަރުންގެ ނަތީޖާ ރަނގަޅުވާނީ ވެސް މި މައްސަލަތައް ހައްލުވެގެން ކަމަށް ފާހަގަކުރެއްވި އެވެ.

ނަމަވެސް މި މަސައްކަތްތަކުގެ ނަތީޖާ ފެންނަން އަދި ދުވަސްތަކެއް ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް އެޑިޔުކޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ