ސަމާލުވޭ! ރާއްޖޭގައި ފާނަބަސަންދު އިތުރުވަނީ

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން ދެއްވި މައުލޫމާތުގައި، ފާނަބަސަންދަކީ ވައިރަހުގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމަށާއި، މިއީ ޚާއްސަކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމަށް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް މަދުން ނަމަވެސް ބޮޑެތި މީހުންނަށްވެސް މި ބަލި ޖެހޭ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

ބަލި ފެތުރޭ ގޮތާއި އަލާމާތްތައް

މި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިބިހި އަޅާއިރު ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނާއި، ބިހިނަގާފައި ހުރި މީހެއްގައި އަތްލުމުން ނުވަތަ ބަލިޖެހިފައިވާ މީހަކު ބޭނުންކުރާ އަންނައުނާއި ތުވާލި މެދުވެރިކޮށްކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެ އެވެ. މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ވަރުބަލިކަން އިހުސާސްވުމާއި، ނޭފަތުން ފެން އައުމާއި، ހަމުގައި ބިހިނެގުން ހިމެނެ އެވެ.

ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް

މި ބަލިން ރައްކާތެރިވުމަށްޓަކައި ބަލިޖެހިފައިވާ މީހުން ކައިރިއަށް ޒިޔާރަތްނުކުރުމަށާއި، ބަލިޖެހިފައިވާ ފަރާތްތަކުން ފަސޭހަވަންދެން ގެއިން ބޭރަށް ނުނިކުތުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ. އަދި ބަލިޖެހިފައިވާ ފަރާތް ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވެ އުޅުމަށްވެސް އެ އިދާރާއިން އިރުޝާދު ދީފައިވެ އެވެ. މީގެއިތުރުން، މި ބަލިން ރައްކާތެރިވުމަށް ޗިކަންޕޮކްސް ވެކްސިން ޖެހުމަށްވެސް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ