މާލޭ ކޮމާޝަލް ހާބަރުގައި އާ ހެލްތު އެންޑް ސޭފްޓީ ފެސިލިޓީއެއް ގާއިމުކޮށްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފައިވަނީ މި ހެލްތު އެންޑް ސޭފްޓީ ފެސިލިޓީ ހުޅުވާފައިވަނީ މިއަދު ކަމަށެވެ. މި ފެސިލީޓީ ގާއިމުކޮށް އެމަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ ބައްދަލުކުރައްވާފަ އެެ.
އެމްޕީއެލްއިން ބުނެފައިވަނީ މި އާ ފެސިލީޓީގެ ސަބަބުން ބަނދަރުގެ އިމަޖެންސީ ޕްރިޕެއާނެސް އެންޑް ރެސްޕޮންސް ކެޕޭސިޓީތައް ހަރުދަނާވެ ކަމަށެވެ. އަދި މި އާ ފެސިލިޓީއާއެކު ފަސްޓް އެއިޑްގެ ހިދުމަތްތައް އިތުރުވެ ސޭފްޓީ އޮޕަރޭޝަންތައް ރަނގަޅުވެގެންދާނެ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.
Today, we unveiled a new Health & Safety Facility at Malé Commercial Harbour. This milestone strengthens our Emergency Preparedness and Response capabilities, enhances First Aid services, and improves overall Health & Safety operations. #MPLHidhumathugaa #MPL #portmv pic.twitter.com/ox3L79FCR5
— Maldives Ports Limited (@Portmv) April 9, 2025
މި ފެސިލިޓީގައި ބަނދަރުގައި އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ ހަރަކާތްތެރިވުމަށް ބޭނުންކުރާނޭ ވަސީލަތްތަކާއި އަވަސް ފަރުވާދޭނޭ ތަނެއްގެ އިތުރުން އެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބޭނުންވާނޭ ޒަމާނީ ސާމާނު ހިމެނެ އެވެ.
އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީ (ޑީސީޕީ ރިޓަޔާޑް) މުހައްމަދު ރިޝްވާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)
