ރައްޔިތުންގެ ދިރިއުޅުން އުޖާލާކުރަން މަޖިލީހުގެ ދައުރު މުހިއްމު: އަބްދުއްރަހީމް

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، ދިރިއުޅުން އުޖާލާކުރުމަށް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 150 ވަނަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ، ސިޔާސީ ކަންކަމުގެ ތެރެއިން މަޖިލީހުން ހަދާ ގާނޫނުތަކުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރެވޭނެ ކަމަށެވެ. ”އިޖުތިމާއީ ތަރައްގީއާއި އިންސާފަށް ގާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު“ މި މައުލޫއަށް ބާއްވާ މި އެސެމްބްލީގައި، ރާއްޖޭގައި ރައްޔިތުންނަށް ފަހި ގޮތްތައް ހޯދައިދިނުމަށާއި އިޖުތިމާއީ އިންސާފު ކުރިއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކެއް ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޒަކާތުގެ ނިޒާމު ހަރުދަނާކޮށްގެން ފަގީރުކަން ކުޑަކުރުމަށާއި ޒަރޫރީ ހިދުމަތްތައް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވަ އެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި ޒުވާނުންނާއި އަންހެނުންނަށް އަމާޒުކޮށްގެން ހިލޭ އެހީއާއި ލޯނު އަދި ތަމްރީނު ދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.

ޑިޖިޓަލް ޓެކްނޮލޮޖީއަށް ދުނިޔެ ބަދަލުވަމުންދާ ދަނޑިވަޅުގައި، އައިސީޓީ، ޑިޖިޓަލް އިންކްލޫޝަން އަދި އީ-ގަވަރނަންސް ހަރުދަނާކުރުމަށް ރާއްޖެއިން ދެމުންދާ އިސްކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ ވާހަކަ ދައްކަވައި، ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް އައިޕީޔޫގެ މެމްބަރު ގައުމުތަކަށް ގޮވާލެއްވި އެވެ.

ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ