ސިހުރު ހަދާކަމުގެ ތުހުމަތުގައި ހއ. ހޯރަފުށިން ވ . ކެޔޮދޫ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ، ކެޔޮދޫ، ތިބުރޯޒުގެ، މުހައްމަދު އަބްދުލްކަރީމް (34އ) ކަމަށެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު އަބްދުލްކަރީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
އޭނާ ހައްޔަރު ކޮށްފައި ވަނީ މިމަހުގެ ދެވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގަ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.