ވެލިދޫގައި އަންނަ މަހު ޑަޔަލިސިސް ހިދުމަތް ފެށޭނެ: މިނިސްޓަރު ނާޒިމް

Advertisement

އެންމެ ފަސް

Advertisement

ނ. ވެލިދޫގައި އަންނަ މަހު ޑަޔަލިސިސްގެ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ޑަޔަލިސިސްގެ ހިދުމަތް ހޯދަންޖެހޭ މީހުން ގިނަ ރަށްރަށަށް ބައްލަވައިގެން، މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވިގެންއެބަދޭ، އެގޮތުން ހއ. އިހަވަންދޫގައި ވަރަށް ފަހުން މިހިދުމަތް ފަށައިފިން، ނ. އަތޮޅުގައި ޑަޔަލިސިސްގެ އެނދު އިތުރުކޮށްފިން، ގއ. ވިލިނގިލީގައިވެސް މިހާރު ޑަޔަލިސިސްގެ ހިދުމަތް ދެވެމުންދާނެ

ކުރިއަށް އޮތް 1 މަސް ދުވަހުގެ ތެރޭގައި ނ. ވެލިދޫގައި މި ހިދުމަތް ފެށިގެން ދާނެކަމަށާއި މިއީ ދެން މި ހިދުމަތް އެންމެ އަވަހަށް ފެށޭނެ ރަށްކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ކިޑްނީގެ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ ނިސްބަތުން ބޮޑު އިންސައްތައެއް ޑަޔަލިސިސްގެ ހިދުމަތް ގަވާއިދުން ހޯދަންޖެހެ އެވެ. ރަށުން މި ޚިދުމަތް ނުލިބޭ ނަމަ އެންމެ ކައިރި ރަށަކަށް ގޮސްގެން މިފަރުވާ ހޯދަން ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަކީ ސަރުކާރުުގެ އަމާޒެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ނ. ވެލިދޫ މިނިސްޓްރީ އޮފް ހެލްތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ