ތިނަދޫ ސިޓީގައި ކުރިއަށްދާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ އެމްޓީސީސީން މިއަދު ހާމަކޮށްފި އެވެ.
އެމްޓީސީސީން ބުނީ ކެމިކަލް އަދި ލޮނު ރައްކާކުރާ ފެސިލިޓީގެ މަސައްކަތް މިހާރު ވަނީ 52 އިންސައްތަ ނިމިފައިވާ ކަަމަށެވެ. މި ވަގުތު އެ ތަނުގެ ކޮންކްރީޓް، މެސަނަރީ އަދި ޕްލާސްޓަރިންގގެ މަސައްކަތް ދަނީ ކުރިއަށެވެ.
މީގެ އިތުރުން، އިދާރީ އިމާރާތުގެ މަސައްކަތް 48 އިންސައްތަ އަދި ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް 25 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި ކޯލްޑް ސްޓޯރޭޖުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ޖުލައި 2023 ގައެވެ. މި މަސައްކަތް ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެނެސް އެ ފެސިލިޓީ ނިންމުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފަ އެވެ.
ތިނަދޫގައި ޤާއިމްކުރެވޭ ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ ސަބަބުން، އެ ސަރަޙައްދުގެ މަސްވެރިންނަށް މަސް ގިނަ ދުވަހަށް ރައްކާކޮށް ބެހެއްޓުމުގެ ފުރުޞަތު ލިބި، އަގު ހެޔޮކޮށް މަސް ވިއްކުމުގެ ފުރުޞަތު ފަހިވެގެންދާނެ އެވެ.
އަދި މި ފެސިލިޓީގެ ސަބަބުން ރަށުގެ އިޤްތިޞާދަށް ފައިދާވެ، ވަޒީފާގެ ފުރުޞަތުތައްވެސް އިތުރުވެގެންދާނެ އެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގދ. ތިނަދޫ