އަތޮޅުތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާކުރާ މީހުންނާއި ދާއިމީ ގޮތެއްގައި ބޭސް ބޭނުންކުރާ މީހުންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
މިނިސްޓްރީން މިއަދު ބުނީ ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންގެ ރަޖިސްޓްރީއެއް އެކުލަވާލަން ނިންމާފައިވަނީ އެ މީހުންނަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށާއި، ގަވާއިދުން ޓެސްޓްތައް ހެދުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދެވޭކަން ކަށަވަރުކުރުމަށް ކަމަށެވެ.
މިނިސްޓްރީން މިކަން ކުރަން ނިންމާފައި މިވަނީ އާއްމުކޮށް ބޭނުން ކުރާ ގިނަ ބޭސްތަކެއް ހިމެނޭގޮތަށް ވަރަށް ގިނަ ބޭސްތަކެއް ރާއްޖޭން މިހާރު ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
މިނިސްޓްރީން ބުނީ އެ ޚިދުމަތް ތަންފީޒު ކުރުމަށްޓަކައި ކޮންމެ ހެލްތު ފެސިލިޓީއަކުން ފޯކަލްޕޮއިންޓެއް ކަނޑައަޅާ ކޯޑިނޭޓް ކުރެވޭނޭ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. އަދި ބޭނުންވާ ބޭހުގެ ލިސްޓާއި ބަލީގެ ޓެސްޓްތައް ހަދާ، ކޮންޓިނިއު ކުރެވޭނޭ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެސްޓީއޯ މެދުވެރިކޮށް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިނިސްޓްރީ އޮފް ހެލްތް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)



