މިއަހަރުގެ ރޯދަމަހުގެ ފަހު ދިހައެއްގައި މާލެ ސަރަހައްދުގެ 34 މިސްކިތެއްގައި ޖަމާއަތުގައި ދަމު ނަމާދުކުރެވޭނެ ކަމަށާއި، އިއުތިކާފަށް ތިބުމަށް 23 މިސްކިތެއް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.
މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މިއަހަރު މާލޭގެ 21 މިސްކިތަކާއި، ވިލިމާލޭގެ ތިން މިސްކިތަކާއި، ހުޅުމާލޭގެ 10 މިސްކިތެއްގައި ދަމު ނަމާދު ކުރެވޭނެ އެވެ. މީގެ ތެރޭގައި އިސްލާމީ މަރުކަޒާއި، މަސްޖިދުލް މަލިކް ސަލްމާން، ވިޔަފާރިވެރިންގެ މިސްކިތް އަދި ބަންޑާރަ މިސްކިތް ފަދަ މާލޭގެ މައި މިސްކިތްތައް ހިމެނެ އެވެ.
އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒާއި، ވިޔަފާރިވެރިންގެ މިސްކިތް، ފުރުގާން މިސްކިތް، ޝަހީދު އަލީ މިސްކިތް، ނޫރު މިސްކިތް، ފަނޑިޔާރު މިސްކިތް، މާވެޔޮ މިސްކިތް، ސަލްމާން މިސްކިތް، ތައިބާ މިސްކިތް އަދި ބަންޑާރަ މިސްކިތް ހިމެނެ އެވެ.
ހުޅުމާލޭގައި ދަމު ނަމާދު ކުރެވޭނެ މިސްކިތްތަކުގެ ތެރޭގައި ފޭސް 1 އާއި ފޭސް 2 ގެ މިސްކިތްތައް ހިމެނޭއިރު، ވިލިމާލޭގައި ސަލާމް މިސްކިތާއި، އިހްލާސް މިސްކިތް އަދި ބިއްރި މިސްކިތުގައި ދަމު ނަމާދު ކުރެވޭނެ އެވެ.
ދަމު ނަމާދުކުރާނެ މިސްކިތްތައް:
- އިސްލާމީ މަރުކަޒު (މާލެ)
- މަސްޖިދު މަލިކި ސަލްމާން (މާލެ)
- ވިޔަފާރިވެރިންގެ މިސްކިތް (މާލެ)
- ބަންޑާރަ މިސްކިތް (މާލެ)
- ދުނބުރި މިސްކިތް (މާލެ)
- ތައިބާ މިސްކިތް (މާލެ)
- ބޮޑުގެ ވަގުތީ މިސްކިތް (މާލެ)
- މާވެޔޮ މިސްކިތް (މާލެ)
- މަސްޖިދުއް ސަލާހުއްދީން (މާލެ)
- ފުރުގާން މިސްކިތް (މާލެ)
- ޖަލާލުއްދީން މިސްކިތް (މާލެ)
- ނޫރު މިސްކިތް (މާލެ)
- އިބްރާހިމް މިސްކިތް (މާލެ)
- ޝަހީދު އަލީ (މާލެ)
- އިސްކަންދަރު މިސްކިތް (މާލެ)
- ފަނޑިޔާރު މިސްކިތް (މާލެ)
- ރަން މިސްކިތް (މާލެ)
- ފައިފުހޭ މިސްކިތް (މާލެ)
- އަފީފުއްދީން މިސްކިތް (މާލެ)
- މާފަންނު އާ މިސްކިތް (މާލެ)
- ޒިކްރާ މިސްކިތް (މާލެ)
- ސަލާމް މިސްކިތް (ވިލިމާލެ)
- އިހްލާސް މިސްކިތް (ވިލިމާލެ)
- ބިއްރި މިސްކިތް (ވިލިމާލެ)
- ވައްގުއްބު މިސްކިތް (ހުޅުމާލެ 1)
- އަޒީޒާ މިސްކިތް (ހުޅުމާލެ 1)
- ވާލިދައިނި މިސްކިތް (ހުޅުމާލެ 1)
- ރަޝީދު މިސްކިތް (ހުޅުމާލެ 1)
- އަސްދިގާ މިސްކިތް (ހުޅުމާލެ 1)
- މުހައްމަދު މިސްކިތް (ހުޅުމާލެ 1)
- ހަސަން އާދަމް މިސްކިތް (ހުޅުމާލެ 2)
- އުސްމާން ބިން އައްފާން (ހުޅުމާލެ 2)
- އަބީބަކުރުއައްއްސިއްދީގު (ހުޅުމާލެ 2)
- އަމީލް ޖަލީލް މިސްކިތް (ހުޅުމާލެ 2)
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ވެސް މާލެ ސަރަހައްދުގައި ދަމު ނަމާދު ކުރާނެ މިސްކިތްތަކާއި އިއުތިކާފަށް ތިބޭނެ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން ކަނޑައަޅަ އެވެ.
