ހޮޅުދޫގައި ފުލުހަކަށް ހަމަލާދިން ދެ މީހަކު ހައްޔަރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ނ. ހޮޅުދޫގައި ހިނގި މަރުގެ މައްސަލައަކާ ގުޅިގެން ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އެ ހާދިސާގައި ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި އިހުތިޖާޖު ބާއްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހޮޅުދޫގައި ހިނގި މަރުގެ މައްސަލައަކާ ގުޅިގެންނެވެ. އެއީ އެ ރަށު މާރަނގަ، ޒަކިއްޔާ މޫސާ (50 އަހަރު) ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެވެ. ޒަކިއްޔާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ދިރިއުޅުނު ގޭގެ ގުދަނުންނެވެ.

ފުލުހުން މިވަގުތު ގެންދަނީ މި ދެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެއީ ޒަކިއްޔާގެ މަރުގެ މައްސަލައާއި، އިހުތިޖާޖުގެ ތެރެއިން ހިނގި ހަމަލާގެ މައްސަލަ އެވެ.

ހުޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވުމަށްފަހު، ހޯމް މިނިސްޓަރ އަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ ޒަކިއްޔަގެ މަރުގެ މައްސަލާގައި ފުލުހުންގެ އިހުމާލްތަކެއް އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ޒަކިއްޔާގެ މަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ