ބިޑަކާ ނުލައި މަޝްރޫޢުތައް ހަވާލުކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫތައް ބިޑަ ހުޅުވައިނުލާ ވަކި ފަރާތަކަށް ދިނުމުގެ ބާރު ވަޒީރުގެ މަޖިލީހަށް ލިބިދޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

މިކަން ހާމަކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން އިއްޔެ ގެޒެޓުގައި ޝާއިރުކުރި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނައި 3 ވަނަ އިސްލާހުގަ އެވެ.

މި އިސްލާހުގައި ބުނެފައިވަނީ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫތަކުގެ ގޮތުގައި ކަމާގުޅޭ ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ވަޒީރުގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫތައް ’ސިންގަލް ސޯސް ޕްރޮކިއުމެންޓް‘ ގެ އުސޫލުން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.  ’ސިންގަލް ސޯސް ޕްރޮކިއުމެންޓް‘ އުސޫލަކީ ވާދަވެރިކަމަށް ނުވަތަ ބިޑަށް ހުޅުވައިނުލައި ސީދާ ވަކި ފަރާތަކުން ތަކެތި ނުވަތަ ހިދުމަތް ހޯދުން ނުވަތަ މަސައްކަތެއް ކުރުވުމެވެ.

މީގެ އިތުރުން މިފަދަ މަޝްރޫތަކަށް ބިޑު ސެކިއުރިޓީއާއި ފާފޯމެންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ ނެގުން އިސްތިސްނާކުރުމުގެ އިހުތިޔާރު ފިނޭންސް މިނިސްޓަރަށް ދީފައިވެ އެވެ. އަދި އިސްތިސްނާ ދެވޭ މަޝްރޫތައް ބަލަހައްޓާ، ކަމާބެހޭ ވުޒާރާއަކުން އެ މަޝްރޫތަކުގެ ޕްރޮގްރެސް ރިޕޯޓު އަދާހަމަކޮށް މިނިސްޓްރީން އަންގާ ގޮތުގެ މަތިން މިނިސްޓްރީއަށް ފޮނުވުމަށް ބުނެފައިވެ އެވެ.

މި އިސްލާހަށް އިއްޔެއިން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފަ އެވެ. އަދި އިސްލާހު ކުރި މާއްދާއަށް އަމަލު ކުރާނީ ގަވައިދު ގެޒެޓުގައި ޝާއިރު ކުރާ ތާރީހުން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަށްކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

ވަޒީރުންގެ މަޖިލިސް މިނިސްޓްރީ އޮފް ފިނޭންސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ