ޒަކިއްޔާގެ މަރުގެ މައްސަލަ: ސީޕީ ޝުޖާޢު އަދި ވަޒީރު އިހްސާން ހޮޅުދޫއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ނ. ހޮޅުދޫގައި ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ދާޚިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހްސާން މިއަދު ހޮޅުދޫއަށް ވަޑައިގެންފި އެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުލް ސައްތާރު މުހައްމަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިރޭ 20:30 ގައި މޭނާ ސްކޫލުގެ އައު އިމާރާތުގެ ހޯލުގައި ރަށުގެ މުއައްސަސާތަކާއި ރައްޔިތުންނާއެކު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:10 ހާއިރު ޒަކިއްޔާގެ ހަށިގަނޑު ފެނުނީ އެ ގެއަށް ކުނި ނަގަން ވަތް މުނިސިޕަލް މުވައްޒަފުންނަށެވެ. ހަށިގަނޑު ފެނުނުއިރު ކަރުގައި ވަޅި އަޅާފައިވާއިރު، ކައިރީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ.

މި މައްސަލައިގެ ތަޙުޤީޤަށް އެމެރިކާގެ އެފްބީއައިގެ އެހީތެރިކަން ހޯދުމުގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއަރ ތަޙުޤީޤު ޓީމެއް ހޮޅުދޫއަށް ޒިޔާރަތްކޮށް މައްސަލަ މުރާޖަޢާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިންސާފު ނުލިބުމާ ގުޅިގެން ހޮޅުދޫގެ ރައްޔިތުން ދަނީ ކޮންމެ ދުވަހަކު މުޒާހަރާކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގައިވެސް މި މައްސަލައިގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން އަލީ ސުޖާއު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ދިވެހި ފުލުހުންގެ ޚިދުމަތް ޒަކިއްޔާގެ މަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ